| މަޤާމު: ނެޓްވާރކް އެޑްމިނިސްޓްރޭޓަރ | 
| މުސާރައާއި އެލަވަންސް: | މަހަކު -/10500 ރުފިޔާ | 
| މަޤާމުގެ ރޭންކް | TP 4 | ބޭނުންވާ އަދަދު | 1 | 
| މަޤާމުގެ ބާވަތް | 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | 
| މަސައްކަތް ކުރަންޖެހޭ ތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | އިންޖިނިއަރިންގ | 
| މަޤާމުގެ ޝަރުޠު: | މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު، ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
އޮފީހުގެ ނެޓްވާރކްތައް ބެލެހެއްޓުން. (ކޯޕަރޭޓް އަދި ބްރޯޑްކާސްޓް ނެޓްވާރކް)އިންޓަރނެޓް ޕެރެޕެރެލްސްތައް އިންސްޓޯލްކުރުމާއި އެތަކެތި ކޮންފިގަރ ކުރުން.ހުރިހާ ސާވަރތައް ބެލެހެއްޓުމާއި، މެއިންޓެއިން ކުރުމާއި، ސާވަރތަކުގެ ބެކަޕް ނެގުން.އަލަށް ބަހައްޓަންޖެހޭ ސާވަރތައް ބެހެއްޓުމާއި އެ ކޮންފިގަރ ކުރުން.ނެޓްވާރކް ފަޔަރވޯލްތައް ބެލެހެއްޓުމާއި އެތަކެތި ކޮންފިގަރ ކުރުން.އޮފީސް މުވައްޒަފުންގެ ޔޫސަރ އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.އީ-މެއިލް އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަ ގޮތެއްގައި އެ ސާމާނު ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް، ބްރޯޑްކާސްޓިންގގެ ތެރެއަށް ތަޢާރަފު ކުރުމަށް ރިސަރޗް ކުރުމާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން.އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތް، ކުންފުނީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަ ނިޒާމެއްގައި ދަށުން ވީ އެންމެ ފުޅާދާއިރާއެއްގައި ލިއްބައިދިނުމަށް މަސައްކަތްކުރަން.މަސައްކަތްކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލް ކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | 
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ސުންގަޑި   | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. |