ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ތިމާވެށްޓާއި ރައްޓެހި ދަނޑުވެރިކަން (އޯގަނިކް ފަރމިންގ) އާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގާ، އެކަމަށް ބޭނުންވާ ތަމްރީން ކަރުދާހާއި ތަކެތި ތައްޔާރުކުރުން
ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވައިލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީއިން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި މިހާރު ދަނޑުވެރިކަންކުރާ ފަރާތްތަކަށާއި ދަނޑުވެރިކަމަށާއި އަތްތެރިކަމުގެ މަސައްކަތްތަކަށް (ހޭންޑިކްރާފްޓް) ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ޚާއްޞަކޮށްގެން، ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަން (އޯގަނިކް ފަރމިންގ) އާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގާ، އެކަމަށް ބޭނުންވާ ތަމްރީން ކަރުދާހާއި ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީއާއި ފުވައްމުލަކުގައި އާންމުން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތައް ތިމާވެށްޓާއި ރައްޓެހި ގޮތަކަށް އަދި ރަނގަޅު މާލީ މަންފާއެއް ލިބޭނެ ފަދަ ގޮތަކަށް ކުރެވިދާނެކަން އަންގައިދީ އެކަމުގެ ތަމްރީނުތައް ދިނުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަމާއި، ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛
1) އޯގަނިކް ފާރމިން އަދި އަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިނގުމުގެ ތަޖުރިބާ ލިބިފައިވުން؛
2) ތަރައްގީވަމުން އަންނަ ޤައުމެއްގައި ކޮމިއުނިޓީ އެކި ގްރޫޕްތަކާއި އެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
3) ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިތުރު ފަރާތްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑްބޭންކް ގައިޑްލައިންސްގެ 1.9 ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް ޖުލައި 2014 ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑް ބޭންކް ގައިޑްލައިންސްގެ QCBS އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،
މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]