ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރު މި ސްކޫލުގައި ބޭނުންކުރާ، ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ
މި ސްކޫލުގެ ނަންބަރު GS69/BUDGET/2016/08 (8 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން 2 ފަރާތަކުން ކުރިމަތިލާފައިވާތި އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
2017 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ބޭނުންކުރުމަށް ފާސްކުރި ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
| 
 
  | 
 ތާރީޚު  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 24 އޮކްޓޫބަރު 2016  | 
 ހޯމަ  | 
 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 27 އޮކްޓޫބަރު 2016  | 
 ބުރާސްފަތި  | 
 10:30  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ.