ދިވެހިރާއްޖެ
| މަޤާމް :ލީގަލް އޮފިސަރ | |||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ބޭނުންވާ އަދަދު :2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||
| އިޢުލާން ވަޒީފާގެ ފުރުޞަތު: 
 2 މުޙައްރަމް 1438 | |||||||||||||||||||||||||||||||||||||||||||||||||||||||||||||
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: ލީގަލް އޮފިސަރ | ||||
| މުސާރައާއި އެލަވަންސް: | މަހަކު -/9450 ރުފިޔާ | |||
| މަޤާމުގެ ރޭންކް: | AS 4 | ބޭނުންވާ އަދަދު: | 2 (ދޭއް) | |
| މަސައްކަތް ކުރަންޖެހޭ ތަން: | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް: | އެޑްމިނިސްޓްރޭޓިވް / ލީގަލް | |
| މަޤާމުގެ ބާވަތް: | 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | |||
| މަޤާމުގެ ޝަރުޠު: | ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ދާއިރާގެ 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | |||
| މަޤާމުގެ މަސްއޫލިއްޔަތު: | 1. ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ޤާނޫނީ ލަފަޔަށް އެދި ހުށަހެޅުމުން، ޑިޕާޓްމަންޓްތަކަށް ފޮނުވަންޖެހޭ ޤާނޫނީ ލަފާ ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 2. އެކިއެކި މަސައްސަލަތައް ތަޙުޤީޤުކޮށް ބަޔާންތައް ނެގުމާއި، މައްސަލަތައް ތަޙުޤީޤު ރިޕޯޓް އެކުލަވައިލުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. 3. ކުންފުނިން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި ސިޔާސަތުތައް އެކަމަކާ ގުޅުންހުރި ޤާނޫނުތަކާއި ތަޢާރަޒުނުވާގޮތަށް އެކުލަވައިލުމުގައި އެހީތެރިވެދިނުން. 4. ކުންފުނީގެ ސިޔާސަތުތަކާށާއި، ގަވާއިދުތަކަށާއި، ޤާނޫނުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 5. ތަޙުޤީޤުކުރެވޭ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ދިރާސާކުރުމަށްފަހު، ޝަރީޢަތަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6. ކޯޓުތަކަށާއި، ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމާއި، ހިނގަމުންދާ މައްސަލަތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޯޓުތަކުގައްޔާއި، ޓްރައިބިއުނަލްތަކުގައި ހިނގަމުންދާ މައްސަލަތަކަށް ހާޒިރުވާންޖެހިއްޖެ ހާލަތެއްގައި ހާޒިރުވުން. 7. އެހެން ފަރާތްތަކުން މި ކުންފުނީގެ މައްޗަށް ކުރާ ދަޢުވާތަކާ ގުޅިގެން ޝަރީޢަތުގެ އަޑުއެހުންތަކަށް ތައްޔާރުވުމުގައި އެހީތެރިވެދިނުން. 8. ލީގަލްގެ ދާއިރާއިން ކުންފުނީގެ މަޤުޞަދުތައް ހާސިލުކުރުމަށް މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިވުން. | |||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. - މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރަށް ބަލައިގެން. | |||
| ހުށަހަޅަންޖެހޭ ލިޔުންތައް: | - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. - ސެޓުފިކެޓު އެކްރެޑިޓްނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. - ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. - ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް. - ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | |||
| އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | |||
| ސުންގަޑި: | މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުން އެދެމެވެ. | |||
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. | |||
2 މުޙައްރަމް 1438