ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 މަސައްކަތު  | 
|||
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  | 
 ރޭންކް: SS1  | 
|
| 
 މުސާރަ:  | 
 މަހަކު -/3100 ރުފިޔާ  | 
|||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1000 ރުފިޔާ  | 
 ރިސްކްއެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ވަޒީފާގެ މަސައްކަތަށް ނުކުންނަ ކޮންމެދުވަހަކަށް ރިސްކް އެލަވަންސް ދެވޭނެއެވެ.  | 
||
| 
 ޑިވިޜަން/ ސެކްޝަން  | 
 -  | 
|||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ނ. ވެލިދޫ ޞިއްޙީ މަރުކަޒު.  | 
|||
| 
 އާންމުގޮތެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ގަޑި:  | 
 ރަސްމީގަޑި (ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް)  | 
|||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައިވާ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން. 2. މަރުކަޒުގެ ގޯތިތެރޭގައި ކުނީގެގޮތުގައި ނެގޭ ތަކެއްޗާއި، މަރުކަޒުގައި ކުނީގެގޮތުގައި އުކާލަންޖެހޭ ތަކެތި އެކަމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތައިލުން. 3. ޞިއްޙީ މަރުކަޒުގައިވާ އިމާރާތްތަކުގެ ފެންލައިޓާއި، ދޮރުފަތްތަކުގެ ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިއާއި، ފަރުނީޗަރުތައް، މަރުކަޒުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ސާފުކުރުން. 4. މަރުކަޒުން ފޮނުވަންޖެހޭ ލިޔުންތަކާއި، އެފަދަ އެހެންވެސް އެއްޗެއް އެހެން އޮފީހަކަށް ނުވަތަ ތަނަކަށް ފޮނުވުމަށް ހަވާލުކުރެވިއްޖެނަމަ، އިޚްލާޞްތެރިކަމާއެކު ލަސްނުކޮށް އެކަމެއް ކުރުން. 5. އެޓެންޑެންޓަކު ބަލިވެ ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުންނަ ހިނދަކު ދަތިވާނަމަ، މަރުކަޒުގެ އެތެރޭގައި ފޮޅައި ސާފުކުރުމުގެގޮތުން އެޓެންޑެންޓުން ކުރަމުންދިޔަ މަސައްކަތް މަރުކަޒުން ހަމަޖައްސާ އުސޫލަކުން ފަރުވާތެރިކަމާއެކު ކުރުން. 6. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން. 7. މި މަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް ޢަމަލެއް ނުހިންގުމާއި، މި މަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން. 8. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، މި ބަޔާނުގައި ހިމެނިފައިނުވާ ޞިއްޙީ ދާއިރާއާ ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއް ކުރުން.  | 
|||
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.  | 
|||
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
|||
| 
 ޢިނާޔަތްތައް:  | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  | 
|||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރިޑެޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރިޑެޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
|||
| 
 ފޯމު ހުށަހެޅުމުގެ ސުންގަޑި:  | 
 2016 އޮކްޓޯބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނ. ވެލިދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.  | 
|||
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 2016 އޮކްޓޫބަރުމަހު، ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރަން ގުޅާނީ 6560526 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީގަޑީގައެވެ.  | 
|||
| 
 2 މުޙައްރަމް 1438  | 
||||