ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 410-P/410/2016/52
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 1402
ސުންގަޑި: 18 އޮކްޓޫބަރު 2016 1400
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަނެދީ، އެ ޕިކަޕް މި ރަށުގެނެސް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާއަށް ޕިކަޕެއް ހޯދުމާބެހޭ:

މި އިދާރާއަށް 1.5 ޓަންގެ އައު ޕިކަޕެއް ގަނެދީ، އެ ޕިކަޕް މި ރަށު (ގއ.ދާންދޫ) ގެ ޖެޓީއާ ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)410/410/2016/32 (12 ޖުލައި 2016) އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ޕްރޮޕޯޒަލްގައި ހިމަނަން ވާނެއެވެ.

- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯން ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)

- ޕިކަޕްގެ ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން

- ޕިކަޕްގެ ބްރޭންޑާއި އިންޖީނުގެ ބްރޭންޑް އަދި ސްޕެސިފިކޭޝަން

- ޕިކަޕްގެ ވޮރެންޓީ ޕީރިއަޑެއް ވާނަމަ އެކަން

- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައިދިނުމާއި، ޕިކަޕް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓްރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު

 މި އިދާރާއިން ބަލާނެ ކަންތައްތައް

- އިކޮނޮމިކް ޑިވިލޮޕްމެންޓުގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ

- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

- އަގު ހުށަހަޅާފައި ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.

- އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.

- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައި ދިނުމާއި، ޕިކަޕް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު

- ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީއާއި ކްލެއަރެންސް ފަދަ ޚަރަދުތައް

- މި އިދާރާގެ ނަމުގައި ޕިކަޕް ރަޖިސްޓްރީކޮށް ނިންމުމަށްފަހު ގއ.ދާންދޫ،ޖެޓީއަށް ގެނެސް ދެވޭނެ އަގު

  • މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

- ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

- ބިޑް އިވެލުއޭޝަނާ ގުޅިގެން ބިޑް ކަނޑާތާ 5 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ، މި ކައުންސިލުގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

- މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް

- މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

- ޕިކަޕް ރާއްޖެ ގެނެސް ގަނެވިއްކައި، މަރާމާތުކޮށް، ރޯޑްވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

- މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

10%

މަސައްކަތް ނިންމާ މުއްދަތު

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

- އަންދާސީހިސާބުގެ ޕްރޮޕޯޒަލް މި އިދާރާގެ ނަންބަރު: 6820026 ފެކްސަށް ފެކްސްކޮށް ދެއްވުން އެދެމެވެ. އަދި މީގެ އިތުރުން [email protected] އަށް މެއިލް ކުރެވިދާނެއެވެ. އަދި ފެކްސްކުރާ ފަރާތްތަކާއި އީމެއިލް ކުރާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6820126 އަށް ފޯނުކޮށް އެކަން ކަށަވަރުކުރަން ވާނެއެވެ. މި ގޮތުން ކުރެވޭ ފެކްސް އާއި އީމެއިލް ފަދަ ތަކެތި ބަލައިގަނެވޭނެ އެންމެ ފަހު ގަޑިއަކީ 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ވީމާ، މި ކަމާ ގުޅިގެން އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ހަވާލު ކުރެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޛުލްޙިއްޖާ 1437

2016-09-28