|
މަޤާމު: އެސިސްޓެންޓް މެނޭޖަރ އިންޓަރނޭޝަނަލް ރިލޭޝަންސް
|
|
މުސާރަ އާއި އެލަވަންސް
|
މަހަކު -/11300ރ
|
|
މަޤާމުގެ ރޭންކް
|
AS 1
|
ބޭނުންވާ ޢަދަދު
|
01
|
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން
|
|
މަޤާމުގެ ޝަރުތު:
|
ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 14 (ސާދަ) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ އެންމެހައި އިންޓަރނޭޝަނަލް ރިލޭޝަންސާ ގުޅުންހުރި އެންމެހައި އިދާރީ ކަންތައްތައް ކުރުން
- ކުންފުނީގެ ފަރާތުން ބައިވެރިވާ ހުރިހާ ދަތުރުތަކުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ކުންފުނީގެ ބޭނުންތަކަށް ރާއްޖެއަށް ވަޑައިގަންނަވާ ޑެލިގޭޓްގެ މެހެމާންދާރީގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން
- ރާއްޖެއިން ބޭރުގެ ޕާރޓީތަކާއެކު ބާއްވާ މީޓިންގތައް އެރޭންޖް ކުރުމާއި މީޓިންގތަކުގެ ޔައުމިއްޔާ ލިޔުމުގެ މަސައްކަތްތައް ކުރުން
- އިންޓަރނޭޝަނަލް ބްރޯޑްކާސްޓިންގގެ ޚިދުމަތްދޭ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގައި އެހީތެރިވުން
- ކުންފުނީގެ ފަރާތުން ކުރާ އެންމެހައި ދަތުރުތަކާ ގުޅުންހުރި އިދާރީ ކަންތައްތައް ކުރުން
- ކުންފުންޏަށް ތަމްރީންގެ އިތުރު ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރުން
- ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމު ބެލެހެއްޓުމުގައި އެހީތެރިވުން
- ކުންފުނީގެ އިންފްރާސްޓަރަކްޗަރ ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން
|
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|