ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރު މި ސްކޫލުގައި ބޭނުންކުރާ ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ
2017 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ބޭނުންކުރުމަށް ފާސްކުރި ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
| 
 
  | 
 ތާރީޚު  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 26 ސެޕްޓެންބަރު 2016  | 
 ހޯމަ  | 
 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 28 ސެޕްޓެންބަރު 2016  | 
 ބުދަ  | 
 10:30  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.