ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
ޕީއެސްއެމް. އަށް ގަންނަން ބޭނުންވާ ލެޕްޓޮޕްތަކެއް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2016/172 ނަންބަރު އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމުގެ ސަބަބުން ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.
29 ޛުލްޤަޢިދާ 1437