ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-FT/1/2016/160
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 19:53
ސުންގަޑި: 27 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހި މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުން

އިޢުލާން

ދިވެހި މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވައިލުން

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ދިވެހި މަސައްކަތްތެރިންގެ މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އެ އުފެއްދުންތަކުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމުގެ މަޤުޞަދުގައި މި މިނިސްޓްރީން މިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހި މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވައިލުމަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި ދަފުތަރުގައި ރަޖިސްޓަރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައި ދެއްވުން އެދެމެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

30 އޮގަސްޓް 2016