ދިވެހިރާއްޖެ
އިޢުލާން
ސ.ގަން މެޓް އޮފީހުގެ ޢިމާރާތް މަރާމާތުކުރުމާބެހޭ
ސ.ގަން މެޓް އޮފީހުގެ ޢިމާރާތް މަރާމާތު ކުރުމަށްޓަކައި ތިރީގައި މިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
- އާ އޮބްޒަރވޭޓްރީއެއް ހެދުން
 - ސީލިންގގެ ބައެއް ބަދަލުކުރުން
 - ވަޔަރިންގ
 - ބޮކި އަދި ފަންކާ ހަރުކުރުން
 - އެއަރކަންޑިޝަން ބަދަލުކުރުން
 - ލަކުޑިން ޕާޓިޝަން ޖަހައިގެން އިދާރީ ތިން ކޮޓަރި ހެދުން
 - އައު އޭސީއެއް ބެހެއްޓުން
 - ފެންޑާ ހެދުން
 - މެނޭޖަރ ރޫމް ހެދުން
 - ފާޚާނާ ހެދުން
 - އޮފީހުގެ އިރުމަތި ފަރާތުގައި ތިރިކޮށް ހުރި ބައި އުސްކުރުން
 - ނަމާދުކުރާ ކޮޓަރި އަދި ކޮފީ ރޫމް ހެދުން
 
ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސ.ގަން މެޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސ.ގަން މެޓް އޮފީހަށް ވަޑައިގަން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
22 ޛުލްޤަޢިދާ 1437