ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| 
 :މަޤާމު  | 
 ޕްރޮޖެކްޓް އޮފިސަރ  | 
||
| 
 މަޤާމުގެ ނަންބަރު:  | 
 J-265906  | 
 :ބޭނުންވާ އަދަދު  | 
 1  | 
| 
 :ރޭންކް  | 
 އެމް.އެސް 1  | 
 :ކްލެސިފިކޭޝަން  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 :މަޤާމުގެ ބާވަތް  | 
 ދާއިމީ  | 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/2000 ރުފިޔާ  | 
| 
 :މުސާރަ  | 
 މަހަކު -/5610 ރުފިޔާ  | 
 މަޤާމް އޮތް އޮފީސް:  | 
 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާ  | 
| 
 :ސެކްޝަން  | 
 އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާ  | 
| 
 މަޤާމުގެ ޝަރުޠު:  | 
 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
||
| 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
 
  | 
 1- ކައުންސިލުގެ އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖުތަކާއި ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން. 2- ކައުންސިލުގެ އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި އެނޫންވެސް ތަންތަނުން ގަވާއިދުން ފައިސާ ލިބޭތޯ ބަލައި، ފައިސާ ނުލިބޭކަމަށް ކޯޕަރޭޓިވް އެފެއާޒް ސެކްޝަނުން މަޢުލޫމާތު ދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް އަންގައި، ފައިސާ ނުދައްކާ ބިންތައް ވަކިކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 3- ހޮޓާ، ރެސްޓޯރަންޓް، ކެފޭ، މާރުކޭޓް އަދި ކާބޯތަކެތި ވިއްކާ ގާޑިއާ ފަދަ ތަންތަނުގެ ވިޔަފާރިފީއަށް ގަވާއިދުން ފައިސާ ލިބޭތޯ ބަލައި، ފައިސާ ނުލިބޭކަމަށް ކޯޕަރޭޓިވް އެފެއާޒް ސެކްޝަނުން މަޢުލޫމާތު ދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް އަންގައި، ފައިސާ ނުދައްކާ ތަންތަނުގެ ހުއްދަ ބާޠިލު ކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްތައް ކުރުން. 4- ކައުންސިލުގެ އިދާރާއާއި ކައުންސިލުގެ އިދާރާގެ ދަށުން ބަލަހައްޓާ އަދި ހިންގާ އެންމެހާ ތަންތަނާއި ކަންކަމަށް ބޭނުންވާ ތަކެއްޗާއި މުދާ ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 5- ކައުންސިލުގެ އިދާރާ މެދުވެރިވެގެން ދޫކުރަންޖެހޭ އެންމެހާ ވިޔަފާރި ހުއްދަ (ހޮޓާ، ރެސްޓޯރެންޓް، ކެފޭ، މާރުކޭޓް އަދި ކާބޯތަކެތި ވިއްކާ ގާޑިޔާ ހިންގުމުގެ ހުއްދަ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅައިގެން ލިބިދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، އެތަންތަނުގެ ރެކޯޑު އަޕްޑޭޓްކޮށް ބެލެހެއްޓުން. 6- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ތިނަދޫގައި ހިންގާ ވިޔަފާރީގެ ޙަރަކާތްތަކުގައި ކައުންސިލުގެ އިދާރާގެ ފަރާތުން އެހީތެރިވުމާއި، ރަށުގެ އިޤްތިޞާދު ކުރިއެރުވެން ހުރި ކަންކަން ބަލައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމާއެކު، ވިޔަފާރިކުރާ ތަންތަން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޗެކުކޮށް ބަލައި، ގަވާއިދާއި ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށް ސެކްޝަނުގެ ވެރިޔާގެ ލަފާމަތިން ފިޔަވަޅު އެޅުން. 7- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލުގެ ޢިމާރާތްތަކާއި ކުއްޔަށް ދޫކުރާ ތަކެއްޗާއި ތަންތަން ކުއްޔަށް ދޫކުރުމާބެހޭ އެންމެހައި މަސައްކަތްކުރުން. 8- ކައުންސިލުގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
||
| 
 އުޖޫރައާއި އިނާޔަތްތައް:  | 
 ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:  | 
 ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއުއަށް.  | 
||
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ތިނަދޫ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އިންޓަރވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ) 3- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)  | 
||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 07 ސެޕްޓެމްބަރ 2016 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6841018 އެވެ.  | 
||
21 ޛުލްޤަޢިދާ 1437