ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)165/1/2013/5
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 17:16
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކަނޑު ދަތުރުފަތުރުކުރާ އުޅަނދު ފަހަރަށް އެމް.އެމް.އެސް.އައި ނަންބަރު ދޫކުރުމާ ބެހޭ

މެރިޓައިމް މޮބައިލް ސާރވިސް އައިޑެންޓިފިކޭޝަން (އެމް.އެމް.އެސް.އައި) ނަންބަރަކީ ޑިޖިޓަލް ސިލެކްޓިވް ކޯލިންގ (ޑީ.އެސް.ސީ) ގައި ބޭނުންކުރާ ނަންބަރެކެވެ. 9 ހިސާބު އަކުރު އެކުލެވޭ އެމް.އެމް.އެސް.އައި ނަމްބަރަކީ ކޮންމެ އުޅަނދަކަށް ވަކި ނަމްބަރެއްގެ ގޮތުގައި ޚާއްޞަކޮށްފައިވާ ނަމްބަރެކެވެ. އުޅަނދުފަހަރު ހާލުގައި ޖެހިގެން ގުޅަންޖެހޭ ޙާލަތްތަކުގައްޔާއި ވަކި އުޅަނދަކާއި މުވާސަލާތުކުރަން ބޭނުންވާ ޙާލަތްތަކުގައި އެމް.އެމް.އެސް.އައި ނަމްބަރު ބޭނުންކުރެވޭނެއެވެ.

1 ސެޕްޓެންބަރު 2013 އިން ފެށިގެން ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުން ކުރާ ވީ.އެޗް.އެފް. މެރިން ސެޓަށް މި ނަންބަރު ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި އެކަން އާންމުކޮށް އިޢުލާން ކުރަމެވެ.   

20 ޝައްވާލް  1434

27 އޮގަސްޓް 2013