ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކ.ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' (ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުތަކުގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޕްލެޓްފޯމު) އުފައްދާ، އިމްޕޯޓުކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގެވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ގިނަ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދެމުން ދާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ކުރެވުނު ނަންބަރު (IUL)438-PPS/1/2016/135 (02 އޮގަސްޓު 2016) އިޢުލާން ރަޖިސްޓަރީ ކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އިތުރުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް ޖެއްސެވުން އެދެމެވެ.
"ކ.ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އުފައްދާ، އިމްޕޯޓުކޮށް އަދި އިންސްޓޯލްކުރުމުގެ މަސައްކަތާބެހޭ އިޢުލާން ނަންބަރު (IUL)438-PPS/1/2016/149"
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ،
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392،
ދިވެހިރާއްޖެ.
ހުށަހަޅަންވީ ތަކެތި
ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސްލިއުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅާ ތަކެތީގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
-
އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
-
އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގުވަކިން އެނގޭގޮތަށެވެ.
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
-
ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
-
އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
-
ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
-
މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.)
-
މީގެ އިތުރުން ޓީ.އޯ.އާރ ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓްތައް. (ޓީ.އޯ.އާރ ބެލުމަށް)
-
އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސްލިއުމެއް މަދުނަމަ އެޕްރޮޕޯސަލެއް ބާތިލް ކުރެވޭނެއެވެ.
ރަޖިސްޓަރީ ކުރުން
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުގައި ރަޖިސްޓަރީކުރުމަށް ކަނޑައެޅިފައިވާ ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ރަޖިސްޓަރީކުރާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ކުރިން ކުރެވުނު އިޢުލާނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ( [email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 30 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 ގައި ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.