މަސައްކަތް
ނަންބަރު: (IUL)438-ICTU/438/2016/204
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 25 އޮގަސްޓް 2016 12:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީން 1 އޮގަސްޓު 2016 ގައި ކޮށްފައިވާ ނަންބަރު (IUL)438-ICTU/438/2016/186 އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.                 

ހުށަހަޅަންވީ ތަކެތި

  • މި މިނިސްޓްރީއަށް ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލް ކޮއްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • ސަރވަރ ރޫމް އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލް ކޮށްދިނުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ޙަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ބިޑު ހުޅުވުން

  •  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 12:30 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • މި މަސައްކަތަށް ބީލަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް ޖެއްސެވުން އެދެމެވެ.

" އެންވަޔަރަންމަންޓް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލް ކުރުމާބެހޭ އިޢުލާނު ނަންބަރު: IUL)438-ICTU/438/2016/204) "

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

ޕްރޮކިއުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

އަގަށް:   70 ޕޮއިންޓު   

މުއްދަތު: 15 ޕޮއިންޓު

ތަޖުރިބާ: 15 ޕޮއިންޓް

  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ޙަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
18 އޮގަސްޓް 2016