ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ރިލީފް ޓީޗަރ (ޕްރައިމަރީ / ސެކަންޑްރީ)
ބޭނުންވާ އަދަދު: 1
ވަޒީފާ އޮތް އޮފީސް: ވިލުފުށީ ސްކޫލް
ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ވިލުފުށީ ސްކޫލުގެ އެކަޑަމިކް ޝެކްޝަން
| 
 ސަރވިސް އެލަވަންސް  | 
 މަޤާމުގެ އަސާސީ މުސާރަ  | 
 ޝަރުތު  | 
 ކްލެސިފިކޭޝަން  | 
 ރޭންކް  | 
 މަޤާމު  | 
| -/1500 ރުފިޔާ | 
 -/4500 ރުފިޔާ  | 
 ހ- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. (ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.)  | 
 -  | 
 -  | 
 ރިލީފް ޓީޗަރ  | 
| 
 -/5500 ރުފިޔާ  | 
 ށ- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. (ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.  | 
||||
| 
 -/2500 ރުފިޔާ  | 
 -/6090 ރުފިޔާ  | 
 ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  | 
|||
| 
 - ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން. - ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން. - ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސުޕަވައިޒަރަށް ދެއްކުން. - ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވާރކް ފުރިހަމަކޮށް ނިންމުން. - މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން. - ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. - ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން. - މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުއައްޒަފުގެ ފަންނީ ޤާބިލުކަމާއި ޢިލްމީ ޤާބިލުކަން ކުރިއެރުވުން. - ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން. - ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން. - ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި، އެތަކެތި އުފައްދައިގެން ބޭނުންކުރުން. - ކްލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލުގެ ތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި އަޚުލާޤަށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން. - ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެ މަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާނުތައް ހިންގުމާއި، އިމްތިޙާނުކަރުދާސްތައް މާކުކުރުމާއި، އިމްތިޙާނުތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން. - ކިޔަވައިދޭ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން. - މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލުކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން. - ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި، ކުދިންގެ ކަންކަމުގައި ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލުން. - ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ، އެކަމަށް ބާރު އެޅުން. - ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.  | 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
||||
  | 
 މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:  | 
||||
  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
||||
| 
 1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ 3. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން 4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ 6. ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
||||
| 
 މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން  | 
 ހުށަހަޅަންވީ ގޮތް:  | 
||||
| 
 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ތ.ވިލުފުށީ ސްކޫލުގެ އިދާރާއަށެވެ.  | 
 ސުންގަޑި:  | 
||||
| 
 - އިންޓަރވިއު އޮންނާނީ 2016 އޮގަސްޓު 24 ވާ ބުދަދުވަހު ތ.ވިލުފުށީ ސްކޫލުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7940633 ނަންބަރު ފޯނާއެވެ.  | 
 އިތުރު މަޢުލޫމާތު:  | 
||||
11 ޛުލްޤަޢިދާ 1437