މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2016/163
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 17 އޮގަސްޓް 2016 13:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލައިޓާއި ބެކްޕްރޮޖެކްޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

މި ކުންފުނީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޓީވީއެމް ސްކޫލްކުދިންގެ ލަވަ މުބާރާތް 2016" ގެ ސެޓުގެ ލައިޓާއި ބެކްޕްރޮޖެކްޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ 13:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު، މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016