ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯރގައި ޕާރޓިޝަން އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި ޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-AH/INDIV/2016/37 (27 ޖޫން 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ޑިޕާޓްމަންޓް އޮފް ހެރިޓޭޖް  | 
 އަންގާރަ  | 
 21 އޮގަސްޓު 2016  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ޑިޕާޓްމަންޓް އޮފް ހެރިޓޭޖް  | 
 އަންގާރަ  | 
 29 އޮގަސްޓު 2016  | 
 11:00  | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
11 ޛުލްޤަޢިދާ 1437