ދިވެހިރާއްޖެ
އިޢުލާން
އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސަރވިސްއަށް 25 އޮފީސްގޮނޑި ހޯދަން ބޭނުންވެގެން ފުރަތަމަ ކުރެވުނު ނަންބަރު MMS-A/2015/33 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 25 އޮފީސްގޮނޑި (އަތްގަނޑުލީ) ގަތުމަށް ބޭނުންވެއެވެ. މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ޝީޓު
- ގޮނޑީގެ އަދަދު: 25 އޮފީސްގޮނޑި އަތްގަނޑުލީ (ލެދަރ، ލޯބެކް)
 - ގޮނޑިތައް ހުޅުލެއަށް ގެނަސް މި ސަރވިސްއާ ހަވާލުކުރުން.
 
އަންދާސީހިސާބު ހުށަހެޅުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- ތަކެތި ގެނައުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - އަންދާސީހިސާބުގެ ޖުމުލަ އަގުގެ އިތުރުން ގޮނޑިއަކަށް ޖެހޭ ރޭޓާއި، ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
 - ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - ތައްޔާރުކުރާ އަންދާސީހިސާބަށް 2 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
 - މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ތަކެތި އަގަކާނުލައި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
 
އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
 - ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ތަފުސީލު
 - ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
 - ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
 
- ދެވިފައިވާ މަޢުލޫމާތާބެހޭ ގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
 
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
| 
 ތަފުސީލު  | 
 ޕޮއިންޓް  | 
  | 
 70  | 
  | 
 10  | 
  | 
 10  | 
  | 
 10  | 
ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
 - ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
 - މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓު" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކް ލިސްޓު ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
 
11 ޛުލްޤަޢިދާ 1437