ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/118
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 18 އޮގަސްޓް 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ރަޖިސްޓްރަރ

ރޭންކް: އެސް.ޕީ 3

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ހައިކޯޓު އުތުރު ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

މަހަކު -/14,400 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %60

- ސަރވިސް އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2,850 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ ޝަރުޠު

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ  ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މަސްލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

2- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް އެ ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުމުގެ އިޚުތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.

3- ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދީ، އެ ޖަވާބުދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.

4- ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.

5- އުތުރު ހައިކޯޓުގެ ފުރަތަމަ މަރުހަލާގެ ރަޖިސްޓަރީއާއި މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

6- އުތުރުގެ ހައިކޯޓުގެ ކަލަންޑަރ ތައްޔާރުކުރުމާއި ޝާއިޢުކުރުން.

7- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެ މަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

8- މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

9- ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މުޢާމަލާތްކުރުން.

10- އުތުރުގެ ހައިކޯޓުގެ ގަވާއިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

11- ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިޔުންތަކާއި، ޖަވާބުދެވުނު ލިޔުންތަކާއި، ޖަވާބުނުދެވި ހުރި ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.

12- ފައިލިންގ ސިސްޓަމާއި، ސެކްޝަނުގެ މަސައްކަތްތަކުގެ ރިކޯޑު ބެލެހެއްޓުން.

13- މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް، އިސްފަނޑިޔާރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކުރުން.

14- ރެޖިސްޓޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.

15- އުތުރުގެ ހައިކޯޓުގެ ނިންމުންތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

16- އުތުރުގެ ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން.

17- އިސްވެ ބަޔާންވި، ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭ ކަންތައްތައް

  1. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  2. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  3. ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމު

ކޯޓް މާސްޓަރ

ރޭންކް: ޖީ.އެސް 4

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ހައިކޯޓު އުތުރު ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

-/5020 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %45

- ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2,850 ރުފިޔާ

- ރިސްކް އެލަވަންސް: މަހަކު -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ރޭންކުގައި ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު GS3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު

  • އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައި ހުންނަ ކޯޓުތަކުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.
  • އިސްކޮޅުގައި، ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ 5 ފޫޓް ހުރުން.
  • ކަނޑު އުޅަދު ދުއްވުމުގެ ލައިސަންސްއާއި، ބީ1 ކެޓެގަރީގެ ލައިސަންސް އޮތް ފަރާތަކަށްވުން.
  • ދަޢުލަތުގެ މުއައްސަސާއަކުން ނުވަތަ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިވެފައިވާ ފަރާތަކަށްނުވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ހައިކޯޓު އުތުރު ގޮތްޕަށް ހަމަޖެހޭ ފަނޑިޔާރުންގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

2- ކޯޓުރޫމްގެ ސެކިއުރިޓީއާ ގުޅޭ އިންތިޒާމްތައް ބެލެހެއްޓުން.

3- ހައިކޯޓު އުތުރު ގޮފީގެ ސެކިއުރިޓީއާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

ކޯޓް މާސްޓަރ މަޤާމާގުޅޭ އިތުރު މަޢުލޫމާތު

1- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

2- ޕަބްލިކް އޯޑަރ ޓްރޭނިންގ، ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ނުވަތަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފަދަ ޓްރޭނިންގ ހަދާފައިވާ ފަރާތްތައް، ފިޔަވައި އެހެން ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ކުރިން، މިޑިޕާޓްމަންޓުންދޭ ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

މަޤާމު

ޑްރައިވަރ

ރޭންކް: އެސް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ހައިކޯޓު އުތުރު ގޮފި / ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ

އަސާސީ މުސާރަ

3,470/- ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/1000 ރުފިޔާ

- ލިވިންގ އެލަވަންސް:  -/2850 ރުފޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %45

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިއުމާއެކު،SS1  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1- ހައިކޯޓު އުތުރު ގޮފީގެ ބޭނުމައް ނެގިފައިވާ، ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުން.

2- ހައިކޯޓު އުތުރު ގޮފީގެ ބޭނުމަށް ރަސްމީގޮތުން ކުރަންޖެހޭ ދަތުރުތައް ކުރުން.

3- ހައިކޯޓު އުތުރު ގޮފީގެ ފަނޑިޔާރުން ރަސްމީ ބޭނުންތަކުގައި ރަސްމީ އަދި ނުރަސްމީގަޑީގައި ދާންޖެހޭ ތަންތަނަށް ގެންދިއުމާއި އަނބުރާ ގެނައުން.

4- ވެހިކަލްތައް ފޮހެ ސާފުކުރުމާއި ޕޮލިޝްކުރުން.

5- ދަތުރުތަކުގެ ލޮގުފޮތް ބެލެހެއްޓުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
  • ހދ. ކުޅުދުއްފުށީގެ މަގުތަކާއި، ގޯތިތަށް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން.
  • ހދ. ކުޅުދުއްފުށީގައި މުގީމުވެ ހުންނަ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓު އުތުރު ގޮތްޕަށް ނުވަތަ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު ދިވެހިރާއްޖޭގެ ހައިކޯޓު އުތުރު ގޮފިންނާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނާއި މި ޑިޕާޓްމަންޓުގެ ކައުންޓަރުން އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. (ހައިކޯޓު އުތުރު ގޮތްޕަށް، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަދި ޑިޕާޓްމަންޓަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާ  ފަރާތްތަކުން  ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް އެދޭ ފޯމެވެ.)
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ޝަރުޢީ ދާއިރާގެ މަޢުލޫމާތާއި ދާއިރާއާ ގުޅޭ ގަވާއިދުތަކަށް އަހުލުވެރިވުމަކީ މުހިންމުކަމެކެވެ.
  • މި ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސޭނީ ވަގުތީ ގޮތުން 3 މަސްދުވަހުގެ މުއްދަތަށެވެ. ޕްރޮބޭޝަން މުއްދަތުގައި މަސައްކަތަށާއި، ހާޒިރީއަށާއި އަދި މުވައްޒަފުންނާ ގުޅޭ ގޮތުން ދަޢުލަތުގެ އިދާރާތަކުން ހޯދޭ މަޢުލޫމާތަށް ބެލުމަށްފަހު ވަޒީފާ ދާއިމީކުރެވޭނެއެވެ.
09 އޮގަސްޓް 2016