ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/115
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 18 އޮގަސްޓް 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

 

 ވަޒީފާގެ ފުރުޞަތު

 

1. މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ހައިކޯޓު ދެކުނު ގޮފި / ސ.ހުޅުދޫ – ސ.މީދޫ، ދިވެހިރާއްޖެ.

އަސާސީ މުސާރަ

މަހަކު -/9412 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް  މަހަކު -/3000 (ތިންހާސް ރުފިޔާ)

- ލިވިންގ އެލަވަންސް:  މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް:   މުސާރައިގެ %60

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުން.

މަޤާމުގެ މައިގަނޑު

މަސައްކަތްތައް

1- މައްސަލަތަކަށް ބޭނުންވާ ލިޔުންތައް، ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން.

2- އިނގިރޭސި ބަހުން ލިޔެފައި ހުންނަ ޓެކްނިކަލް ޑޮކިއުމެންޓުތަކާއި، ކޮންޕްލެކްސް ޑޮކިއުމެންޓުތައް، ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން.

3- އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލުތަކުގައި ހުރެދާނެ ޤާނޫނީ މައްސަލަތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައް ކުރުން.

4- މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.

5- ޤަޟިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ހޯދުން.

6- މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން.

7- ޙުކުމްތަކާއި ކޯޓު އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.

8- ޕްރީޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުން.

9- މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވައިލުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރި ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • އައްޑޫ ސިޓީގައި މުގީމުވެ ހުންނަ ފަރާތްތަކަށްވުން

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފިންނާއި މި ޑިޕާޓްމަންޓުގެ ކައުންޓަރުން އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. (ހައިކޯޓު ދެކުނު ގޮތްޕަށް އަދި ޑިޕާޓްމަންޓަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާ  ފަރާތްތަކުން ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް އެދޭ ފޯމެވެ.)
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ޝަރުޢީ ދާއިރާގެ މަޢުލޫމާތާއި ދާއިރާއާ ގުޅޭ ގަވާއިދުތަކަށް އަހުލުވެރިވުމަކީ މުހިއްމުކަމެކެވެ.
  • މި ވަޒީފާއަށް ހޮވޭ ފަރާތް މަޤާމަށް އައްޔަން ކުރެވޭނީ އެ ފަރާތްތަކާއި ބެހޭ މަޢުލޫމާތު ދައުލަތުގެ އިދާރާތަކުން ހޯދުމަށްފަހުގައެވެ. އަދި މިކަމަށް ވަގުތު ނަގާނެކަމަށްވެސް ދަންނަވަމެވެ.
08 އޮގަސްޓް 2016