ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2016/6
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 11 އޮގަސްޓް 2016 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެކައުންޓްސް އޮފިސަރ (ވަގުތީ)

މަޤާމުގެ މުއްދަތު:

1 އަހަރު

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ /  ޕްރޮކިއުމަންޓް އެންޑް ފައިނޭންސް ޔުނިޓް ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5610 ރ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
  2. އޮތޯރިޓީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ގަވާއިދުން ފޮނުވުން.
  3. އޮތޯރިޓީއަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.
  4. ބަޖެޓްގެ އައިޓަމުތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކުރުމާއި ބެޖެޓް ކޮންޓްރޯލްކޮށް ރިކޯޑުތައް ބެލެހެއްޓުން.
  5. އޮތޯރިޓީގެ ވައުޗަރ ހަދަން ބޭނުންވާ ބިލުތައް ބަލައިގަނެ ވައުޗަރ ހެދުން އަދި ކަމާގުޅޭ ހުރިހާ ލިޔެކިޔުމެއް ފައިލުކުރުން.
  6. އޮތޯރިޓީގެ ވައުޗަރ ހަދައި ބިލުތަކާ ގުޅޭ ފެކްސް މެސެޖް،ސިޓީ، ނޯޓު ޖެހުން.
  7. އޮތޯރިޓީގެ ވައުޗަރ ރަޖިސްޓަރީ އަޕްޑޭޓް ކުރުން
  8. އޮތޯރިޓީގެ ކުރިއަށް އޮތް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  9. އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގައި ބިލުތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކުކުރުން.
  10. ޕެޓީކޭޝްއަށް ފައިސާ ހޯދުމަށާއި އަންނަ މެމޯއާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޝީޓުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފައިސާ ހަވާލުކުރުން
  11.  އޮތޯރިޓީގެ ތިޖޫރީ ރިޕޯޓު ތައްޔާރުކޮށް ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  12. ފައިނޭންސް ސެކްޝަންގެ ޔައުމީޔާ ލިޔެ ކަނޑައަޅާފައިވާ މުއްދަތައް އެޑްމިން ސެކްޝަނާ ހަވާލުކުރުން.
  13. އޮތޯރިޓީން ޚަރަދުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އެންމެހައި ކަންތައްތައް ހިނގަމުންދާގޮތް ބަލައި ޗެކުކުރުން.
  14. އޮތޯތިޓީގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  15. އޮތޯރިޓީގެ ޚަރަދު ރިޕޯޓު ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
  5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 11 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 އޮގަސްޓު – ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004265 ނަންބަރު ފޯނަށް ނުވަތަ 3004263 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ޛުލްޤަޢިދާ 1437

03 އޮގަސްޓް 2016