ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: 
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް ޑިރެކްޓަރ  | 
||
| 
 މަޤާމު ނަންބަރު:  | 
 229607  | 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް. އެސް. 3  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޑިރެކްޓަރ  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/2،000 ރުފިޔާ  | 
| 
 މުސާރަ:  | 
 މަހަކު -/7،035 ރުފިޔާ  | 
 އޮފީސް:  | 
 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން:  | 
 އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސަސް  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ، ގދ. ތިނަދޫ  | 
| 
 މަޤާމުގެ ޝަރުޠު:  | 
 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން/ އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން/ އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
||
| 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
 
 
  | 
 1. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާހޯދުމަށް ކައުންސިލުން ނިންމަވައިގެން އެކިފަރާތްތަކަށް ނަގާ ލޯނުތަކާބެހޭ ހިސާބުތައް ބެލެހެއްޓުން. 2. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި މުނިސިޕަލް ސެކިއުރިޓީފަދަ އެކިއެކި މާލީ ސެކިއުރިޓީ އެކަށައަޅައި، އެކަމާބެހޭ އެންމެހައި މަސައްކަތްކުރުން. 3. ރަށުތަރައްޤީގެ ޕްލޭނުގައި ހިމެނޭ ޕްރޮގުރާމްތަކަށް ފަންޑު ހޯދުމުގެ މަސައްކަތްކުރުން. 4. ރަށު ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅާއި ފަރު ހޯދުމާއި، އެފަދަ ތަންތަނަން އެހެންފަރާތްތަކަށް ކުއްޔަން ދޫކުރުމާއި، އިންވެސްޓްކުރުމާ ގުޅޭގޮތުން ކައުންސިލުން ނިންމަވާ ނިންމެވުމާ އެއްގޮތަށް، ޒިންމާދާރު ވެރިޔާ އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން. 5. މި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުވައިދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތުކުރުމުގެ މަސައްކަތްކުރުން. 6. ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދައު ކުއްޔަށް ދިނުމުގެ މަސައްކަތް ކުރުން. 7. ތަރައްޤީއަށްޓަކައި ހިންގުމަށް ކައުންސިލުން ނިންމަވާ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. 8. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 ހަމަޖެހިފައިވާ އުސޫލްތަކާ އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:  | 
 ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.  | 
||
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، ތިނަދޫ ކައުންސިލް އިދާރާއިން އަންގާ ތާރީޚެއްގައި ތިނަދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
||
| 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ) 3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  | 
||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6841018 އެވެ.  | 
||
27 ޝައްވާލް 1437