ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: 
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ މިސްކިތްތަކުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 ވަގުތީ މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)  | 
|
| 
 ބޭނުންވާ އަދަދު:  | 
 5 (ފަހެއް)  | 
|
| 
 މަޤާމުގެ ރޭންކް:  | 
 SS1  | 
|
| 
 އުޖޫރަ:  | 
 މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 22/29 ރުފިޔާ  | 
|
| 
 މަޤާމުގެ ޝަރުޠު:  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މިސްކިތް ކުނިކަހައި، ފޮޅައި، ސާފުކުރުމުގެ ޤާބިލުކަން ލިބިފައިވުން.  | 
|
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:   | 
 1- ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، މިސްކިތް ސާފުކޮށް ބެލެހެއްޓުން. 2- މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި، އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.  | 
|
| 
 ވަޒިފާ އެދި ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) 3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.  | 
|
| 
 މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:  | 
 ތިނަދޫ ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ތިނަދޫގެ މިސްކިތްތައް.  | 
|
| 
 މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:  | 
 ފަރުޟު 5 ނަމާދުގެ ވަގުތާއި، ހުކުރު ނަމާދާއި، ކޭތަ ނަމާދާއި، ޢީދު ނަމާދު ކުރުމަށް ކަނޑައެޅޭ ވަގުތުތައް.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:  | 
 ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއު، މި 3 ބަޔަށް އެންމެ މަތީ މާކްސް ލިބުން.  | 
|
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 2 ހަފުތާގެ ތެރޭގައި ތިނަދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
|
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 އޮގަސްޓު 11 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ގުޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6841018 އެވެ.  | 
|
27 ޝައްވާލް 1437