ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު:  | 
|
| 
 މަޤާމް:  | 
 ޑެޕިއުޓީ ފައިނޭންސް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 އެޑްމިން އެންޑް ފައިނޭންސް  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު: -/10,500 ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 ޓްރިބިއުނަލްގެ ފައިސާއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް، ރިކޯޑުކޮށް ބެލެހެއްޓުމާއި، ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގުމާއި، ތަކެތި ހޯދުމާއި، އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން ފަދަ ފައިސާއާ ގުޅުންހުރި އެންމެހައި މަސައްކަތް ކުރުން.  | 
| 
 މަޤާމުގެ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - އެކައުންޓިންގއާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ - އޭ ލެވެލް އިމްތިޙާނުގެ ދެ މާއްދާއާއި، އޯ ލެވެލް އިމްތިޙާނުގެ އިނގިރޭސިންނާއި އެސް.އެސް.އީ އިމްތިޙާނުގެ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - އޯ ލެވެލް އިމްތިޙާނުގެ އިނގިރޭސި ހިމެނޭގޮތަށް ހަތަރު މާއްދާއާއި، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެއްސާއެކު، ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
|
| 
 ހުށަހަޅަންޖެހޭ ތަކެތި: 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓާއެކު) 2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް) 3. ކަރިކިއުލަމް ވިޓާ (ސީވީ) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  | 
|
| 
 ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގޭގެ ހަތަރުވަނަ ފަންގިފިލައަށް) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ.  | 
|
| 
 އިންޓަވިއު: މި މަޤާމަށް އިންޓަވިއުކުރުމަށް ދަޢުވަތު ދެވޭނީ، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.  | 
|
| 
 އިތުރު މަޢުލޫމާތު: - ވަޒީފާއަށް އެދޭ ފޯމު، މި ޓްރައިބިއުނަލުން ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ www.tat.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3005568 ނަންބަރު ފޯނަށް، ނުވަތަ 3005569 ނަންބަރު ފޯނަށެވެ.  | 
|
14 ޝައްވާލް 1437