ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްގެ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލެ ޖަލު އަދި އެމް.ސީ.އެސްގެ ހެޑް އޮފީހުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރި ނަންބަރު: (IUL)167-CC/PR/1/2016/25 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވައިފާވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލޭ ޖަލު އަދި އެމް.ސީ.އެސްގެ ހެޑް އޮފީހުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 31 ޖުލައި 2016 | އާދީއްތަ | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | 07 އޮގަސްޓު 2016 | އާދީއްތަ | 11:00 | 
08 ޝައްވާލުް 1437