ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/89
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 04 އޮގަސްޓް 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޯޓް މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޓް މާސްޓަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

ބޭނުންވާ އަދަދު:

4 (ހަތަރެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ:

މަހަކު -/5،020 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 (މަހަކު)

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ރިސްކް އެލަވަންސް: މަހަކު -/3،000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު:

- ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް މުޢާމަލާތްކުރަން އެނގުން.

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއެކު، އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ތަންފީޒުކުރިތާ 7 އަހަރު ދުވަސް ވެފައިވުން.

- އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

- ދުޅަހެޔޮ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

- މާލެއާއި ރާއްޖޭގެ ރަށްރަށުގައި ޤާއިމްކޮށްފައިހުންނަ ކޯޓްތަކުގައި ޓާމް ޑިއުޓީކުރެވޭނެ މީހެއްކަމުގައިވުން.

-  ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން، އަންހެނެއްނަމަ، 5 ފޫޓް ހުރުން.

- ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒުން ކުރިއަށްގެންދާ ނެވިގޭޝަން ނުވަތަ މެރިން  އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން.

- B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ރައްކާތެރިކަމާއެކު އުޅަނދު ބެލެހެއްޓުމުގައި މި ޑިޕާޓްމަންޓުން އިންތިޒާމްކުރާ އުސޫލެއްގެދަށުން ކުރުމުގައި ކެޕްޓަނުން/ ޑްރައިވަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

- އުޅަނދުފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން ކުރުން.

- މި ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން، ކޯޓްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފަނޑިޔާރުން އެސްކޯޓްކުރުމުގެ މަސައްކަތް ކުރުން.

- ޖަސްޓިސް ބިލްޑިންގުގެ ކޮންޓްރޯލް ރޫމާއި، މެއިން ކޮންޓްރޯލް ރޫމުގައި ޑިއުޓީ ކުރަންޖެހޭ ވަގުތު ޑިއުޓީ ކުރުމާއި، އެތަނުގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކޯޓްތައް ހުންނަ ސަރަހައްދު ބެލެހެއްޓުމާއި، ކޯޓްތަކަށް ހާޒިރުކުރެވޭ މީހުން ސާރޗްކުރުން.

- ޑިޕާޓްމަންޓުގެ ބެލެހެއްޓުމުގެ ދަށުގައި ހުރި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- އަމިއްލަ އިސްނެގުމާއެކު، ޓީމް މެންބަރެއްގެގޮތުން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރި މީހަކަށްވުން.

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

- މި ޑިޕާޓްމަންޓުންދޭ ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

13 ޝައްވާލް 1437

18 ޖުލައި 2016