ގަންނަން ބޭނުންވާ ތަކެތި
                	
                ނަންބަރު: MMS-A/2016/33
                    ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
                    ޕަބްލިޝްކުރި ގަޑި:  14:37
                                            ސުންގަޑި: 
                            25 ޖުލައި 2016 11:00
                        
                    
                މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން
                                އިޢުލާން
އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 25 އޮފީސްގޮނޑި (އަތްގަނޑުލީ) ގަތުމަށް ބޭނުންވެއެވެ. މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތުޝީޓު
- ގޮނޑީގެ އަދަދު: 25 އޮފީސްގޮނޑި އަތްގަނޑުލީ (މޮޅު)
 - ގޮނޑިތައް ހުޅުލެއަށް ގެނަސް މިސަރވިސްއާ ހަވާލުކުރުން.
 
އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- ތަކެތި ގެނައުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ގޮނޑިއަކަށް ޖެހޭ ރޭޓާއި ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
 - ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
 - މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި އަގަކާ ނުލައި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
 
- އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
 
- ކުންފުނީގެ ޕްރޮފައިލް
 - ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
 - ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
 - ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
 
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
 
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
| 
 ތަފުސީލު  | 
 ޕޮއިންޓް  | 
  | 
 70  | 
  | 
 10  | 
  | 
 10  | 
  | 
 10  | 
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
 - ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
 - މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
 
09 ޝައްވާލް 1437
                14 ޖުލައި 2016