މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2016/121
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 21 ޖުލައި 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ވިޑިއޯ ޕްރެޒެންޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ތައްޔާރުކުރަމުންދާ "ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން" ރިޕޯޓުގެ ވިޑިއޯ ޕްރެޒެންޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި

  • މި މަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކުރިން ކުރެވިފައިވާ މަސައްކަތްތަކުގެ ކުލަ ޕޯޓްފޯލިއޯ އަދި ކުރިން ތައްޔާރު ކުރައްވާފައިވާ ރިޕޯޓު

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރިއެއްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި 'ސެކަންޑް ނެޝަނަލް ކޮމިއުނިކޭޝަން ރިޕޯޓުގެ ވިޑިއޯ ޕްރެޒެންޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ ' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ނޯޓު:

  • ހުށަހަޅަންވީ މަޢުލޫމާތުތައް ބިޑް ޑޮކިއުމަންޓުގައި ހަމަވުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

11 ޖުލައި 2016