ޢާންމު މަޢުލޫމާތު
ނަންބަރު: 374-C /2016/53
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 18 ޖުލައި 2016 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ފުޓުބޯޅަދަނޑުގެ ދެކުނުން ފުޓުސެލްދަނޑާއި، ބަށިކޯޓް އެޅުމަށް އިތުރުކުރެވުނު ބައި (މިރަށު ރަށްމައްޗާއި، ބޮޑުމަގާ ދެމެދު) މި ސަރަޙައްދުގެ ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން ނަންބަރު 03 ން 35 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ، އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު، 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ދަންނަވަމެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާގެ ނަންބަރު 374-C/2016/43 (24 މޭ 2016) އިޢުލާނުގައިވެސް ދެންނެވިފައިވާނެއެވެ. މިއީ މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ ދެވަނަ އިޢުލާނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ރަމަޟާން 1437

05 ޖުލައި 2016