ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: | ޑިރެކްޓަރ | |
| މަޤާމުގެ ރޭންކް: | އީ. އެކްސް. 1 | |
| ބޭނުންވާ އަދަދު: | 1 (އެކެއް) | |
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު | |
| ސެކްޝަން: | އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް | |
| މުސާރަ: | މަހަކު -/8835 ރުފިޔާ | |
| ސަރވިސް އެލަވަންސް: | މަހަކު -/2000 ރުފިޔާ | |
| 
 
 
 
 
 
 
 
 
 
 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | 1- ސެކްޝަނުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 2- އަތޮޅު ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި، އަތޮޅުގެ ތަރައްޤީ ޕްލޭން ތައްޔާރުކުރުވުން. 3- އަތޮޅުގައި ހިންގަން ބޭނުންވާ ތަރައްޤީގެ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ރާވައި ހިންގައި ބެލެހެއްޓުން. 4- އެކިއެކި ޤާނޫނުތަކުގެ ދަށުންދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތަކަށް ކައުންސިލްގެ ލަފައާއި، އިރުޝާދުގެދަށުން ކަނޑައަޅަންޖެހޭ ފީތައް ކަނޑައެޅުން. 5- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ބޭނުންވާ ގަވާއިދުތައް، ކައުންސިލްގެ ލަފައާއެކު ހެދުން. 6- ޅ. އަތޮޅު ރަށްރަށުން ގޯތިދިނުމުގެ ކަންތައްތަކާއި، ފަޅުރަށްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން. 7- ގޯތިގެދޮރާ ބެހޭގޮތުންނާއި، ފަޅުރަށްރަށާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ބެލުން. 8- ތިމާވެއްޓާ ގުޅޭގޮތުން މަޢޫލޫމާތުތައް އެއްކުރުން. 9- ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ޞިއްޙީ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން. 10- އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ކުރުމާއި، ރޯޑްވާދިނަސް ދޫކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން. 11- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކުން ބަޔާންކޮށްފައިވާގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ، ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅާއި، ފަރުހޯދުމާއި، މިފަދަ ތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، މިފަދަ ތަންތަން އިންވެސްޓްކުރުމާއި، އިންވެސްޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން. 12- ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި، އެފަދަ ތަންތަނުގައި ހިންގާ މަސައްކަތްތައް މޮނިޓަރިންގކޮށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައްތައް ރާވައި ބެލެހެއްޓުން. 13- އަތޮޅު ރަށްޔިތުންގެ އާމްދަނީ އިތުރުކުރެވޭ ގޮތްތައް ރާވައި ހިންގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން. 14- ޅ. އަތޮޅު ކައުންސިލްގެ އުޅަނދުފަހަރުގެ ޚިދުމަތްތައް ތަރައްޤީކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި ހިންގުން. 15- ޅ. އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި، އެކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުން. 16- އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާތަކާއި، މުވައްޒަފުންގެ މުސާރައާއި، އެލަވަންސްތަކާއި، ޢިނާޔަތްތައް ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 17- ޅ. އަތޮޅުގެ ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެއްދުމާއި، އެ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް، ރަށްރަށުގެ ރަށު ކައުންސިލްތަކާ ގުޅިގެން ގެނައުން. 18- ތަރައްޤީގެ ޕްލޭނާއި އެކްޝަން ޕްލޭނުގައި ހިމެނޭ ހަރަކާތްތައް ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން. 19- ތަރައްޤީޤެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމަށް ޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 20- ތަރައްޤީގެ ހަރާކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑަ އަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި، މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިއެކި ކަންކަމަށް ފަންޑު އުފެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 21- އަތޮޅު ރައްޔިތުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރުމުގެ މަގު ފަހިކޮށްދީ، ސަރުކާރުން ލުއި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ކަންތައްތައް ބެލެހެއްޓުން. 22- އިޤްތިޞާދީގޮތުން އަތޮޅުގައި ކުރެވެންހުރި މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން. | |
| 
 
 މަޤާމުގެ ޝަރުޠުތައް: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | |
| 
 މަޤާމުގެ ޝަރުޠު ކަނޑައެޅުމުގައި ބެލޭނެ ދާއިރާތައް: | 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން 2. ބިޒްނަސް މެނޭޖްމަންޓް 3. އީ. ކޮމާސް 4. ޑީސެންޓްރެލައިޒޭޝަން އެންޑް ޑިވެލޮޕްމަންޓް 5. މޮނިޓަރިންގ އެންޑް އިވެލުއޭޝަން 6. އެންވަޔަރަންމަންޓް އެންޑް އެސެސްމަންޓް | |
| 
 ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން: | ލިބިފައިވާ ތަޢުލީމާއި ތަމްރީނު: % 30 ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 10 ލިބިފައިވާ ހުނަރު 1. އިންޓަވިޔުއާއި ޕްރެޒެންޓޭޝަން: % 30 2. އިމްތިޙާން: % 30 | |
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: | 2016 ޖުލައި 13 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް. | |
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.,mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި / އީ. މެއިލް އެޑްރެސް ހިމެނޭގޮތުން) 3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމުގެ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނޭކަމަށް މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ. 7. ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (1 މެއި 2015 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 9. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| އިންޓަވިޔުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާނުކުރުން: | ޑިރެކްޓަރކަމުގެ މަޤާމަށް ކުރިމަތިލާ މަޤާމުގެ ޝަރުޠު ހަމަވާ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 17 ޖުލައި 2016 އާއި 31 ޖުލައި 2016 އާ ދެމެދު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިޔުއާއި އިމްތިޙާނަށް ހާޒިރުވުމަށާއި، ޕްރެޒެންޓޭޝަން ތައްޔާރުވެގެން ތިބުން އެދެމެވެ. | |
| ޝޯޓް ލިސްޓް ކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | |
| ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް: | - ޖުމްލަ އިންސައްތަ: % 35 - އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން % 33 (% 33 ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަވިއުއެއް ނުކުރެވޭނެއެވެ.) | |
| 
 އުޖޫރައާއާއި ޢިނާޔަތްތައް: | 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | |
| 
 
 
 އިތުރު މަޢުލޫމާތު: | - އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ކައުންސިލް އިދާރާގެ ނުވަތަ ރަށުކައުންސިލް އިދާރާގެ ސިވިލް ސަރވިސްގެ އިސްމަޤާމުތަކަށް ހޮވާ ފަރާތްތައް، 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ. - އެސެސްމަންޓްގޮތުގައި ދެވޭ ކޮންމެ ކަރުދާހަކަށް %33 ނުލިބޭ ފަރާތްތަކާ އިންޓަވިޔުއެއް ނުކުރެވޭނެއެވެ. - "މަޤާމަށް އެދޭމީހުން ސްކްރީން ކުރުމާއި، ޝޯޓް ލިސްޓް ކުރުމާއި، ހޮވުމާއި، ޢައްޔަންކުރުމުގެ ކްރައިޓީރިޔާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެއެވެ. - ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. | |
| އިތުރު މަޢުލޫމާތު ހޯދުމަށް ހަދަންޖެހޭ ގޮތް: | މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 6620331 ނަންބަރު ފޯނަށް ނުވަތަ 6620261 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6620043 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. | |
24 ރަމަޟާން 1437