ދިވެހިރާއްޖެ
އިޢުލާން
- އަންދާސީހިސާބު ބޭނުންވެއްޖެ.
 
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ.ގުރައިދޫގައި ޤާއިމުކުރެވޭ ފުޓްސެލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު އަދި ލެވެލިންގގެ މަސައްކަތް އަމިއްލަ ތަކެތީގައި މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހަދާފައިވާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)338-MS/338/2016/25 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ.ގުރައިދޫ ކައުންސިލް އިދާރާ  | 
 10 ޖުލައި 2016  | 
 އާދީއްތަ  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ކ.ގުރައިދޫ ކައުންސިލްގެ އިދާރާ  | 
 17 ޖުލައި 2016  | 
 އާދީއްތަ  | 
 11:00  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.