ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2016/98
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 14 ޖޫން 2016 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ

އިޢުލާން

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 21-R/2016) 24 މާރިޗު 2016 ގައި ވަނީ  ގެޒެޓްކުރެވިފައެވެ. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ އޭޖެންސީތަކުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޭޖެންސީތައް ހިންގުމުގެ ކަންތައްތައް އިޞްލާޙު ކުރުމަށް ދެވިފައިވާ 3 (ތިނެއް) މަހުގެ މުއްދަތު، 24 ޖޫން 2016 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ނަމަވެސް، ގިނަ އޭޖެންސީތަކުން މި މުއްދަތު އިތުރުކޮށްދިނުމަށް މި މިނިސްޓްރީގައި އެދެމުންދާތީ، ގަވާއިދާ އެއްގޮތަށް އޭޖެންސީ ހިންގުމުގެ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި އިތުރު މުއްދަތެއް މި މިނިސްޓްރީން ދިނުމަށް ނިންމާފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ވީމާ، 14 ޖުލައި 2016 ގެ ކުރިން، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އޭޖެންސީ ހިންގުމުގެ ކަންތައްތައް ފުރިހަމަކުރުމަށް، މި ފުރުޞަތުގައި ހުރިހާ އޭޖެންސީތަކަށް މިނިސްޓްރީން ހަނދުމަކޮށް އަރުވަމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީ ވަގުތުތަކުގައި 3333193، 7800395 ނުވަތަ 7676219 ގުޅުއްވުން އެދެމެވެ.

18‏ ރަމަޟާން 1437
23 ޖޫން 2016