ދިވެހިރާއްޖެ
އިޢުލާން
ކަލަރ ޕްރިންޓަރ، ޕްރޮޖެކްޓަރ އަދި މަލްޓިފަންކްޝަން ސެންޓަރ ގަންނަން ބޭނުންވެއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްއަށް ޕްރިންޓަރ، ޕްރޮޖެކްޓަރ އަދި މަލްޓިފަންކްޝަން ސެންޓަރ ގަންނަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/22 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންސްގެ ތަކެތި މިސަރވިސްއަށް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޓެކްނިކަލް ސްޕެސިފިކޭޝަންސް މަޢުލޫމާތު:
| 
 ކެޕިޓަލް އައިޓަމްގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް  | 
 ބޭނުންވާ އަދަދު  | 
 ކެޕިޓަލް އައިޓަމްގެ ނަން  | 
 #  | 
| 
 Technology: Laser, Ink Print Resolution: Color: Up to 4800 x 2400 dpi Black: Up to 4800 x 2400 dpi Borderless Support: Yes Paper Handling Sizes: A3, A4, A5 Printer Driver (Windows): Windows 7, Windows Server 2008 , Support Warranty : 1 Year hardware Warranty  | 
 01  | 
 ކަލަރ ޕްރިންޓަރ  | 
 1  | 
| 
 Resolution: Minimum 1080p Brightness: Minimum 2000 lumens Aspect Ratio: 4:3,16:9, 16:10 Zoom capability: Yes Keystone Correction: Yes Lamp Life: Normal mode - Minimum 4,000 hours Contrast Ratio: Minimum 2000:1 Interfaces: 
 Support Warranty : 1 Year hardware Warranty  | 
 01  | 
 ޕްރޮޖެކްޓަރ  | 
 2  | 
| 
 General Technology: Laser Jet Function: Print, Copy, Scan, Fax Automatic duplex (2-sided) print Interface: Hi-Speed USB 2.0, Ethernet 10/100 Base-TX Print Resolution : 600 x 600 dpi, Scan Scanning Capability: Color & Monochrome Optical Scanning Resolution: 600 x 2,400 dpi Copy Multi copy (Stack): minimum Up to 50 sheets Network Protocols : IPv4 (Default) Paper Handling: Paper Input (Standard Tray) Up to 250 sheets Multi-Purpose Tray / Manual Slot: 1 sheet Paper Handling Sizes: Letter, Legal, Executive, A4, A5, B5 Paper Output: 100 sheets Software Printer Driver (Windows): Windows Vista, Windows 7, Windows Server 2008 , Support Warranty : 1 Year hardware Warranty  | 
 05  | 
 މަލްޓިފަންކްޝަން ސެންޓަރ  | 
 3  | 
އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- އަންދާސީހިސާބު ހުށަހަޅުއްވާ ތަކެތި ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ ތަކެއްޗަށެވެ.
 - އަންދާސީހިސާބު ހުށަހަޅުއްވާއިރު އައިޓަމްގެ ވަކި އަގު، އަދި ޖުމްލަ އަގު ހިމަނަންވާނެއެވެ.
 - ހުޅުލޭގައި ހުންނަ މިސަރވިސްއަށް މިތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ އެއްވެސް ޗާޖެއް ނަގާނަމަ، އެކަން އަންދާސީހިސާބުގައި އެނގެން އޮންނަންވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ، ޖުމްލަ އަގު ކަމުގައި ބަލާނީ، ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
 - އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
 - ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
 - މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
 - އަންދާސީހިސާބު ހުށަހަޅުއްވާ ތަކެއްޗަށް މަދުވެގެން 01 އަހަރުގެ ވޮރެންޓިީ ދޭންވާނެއެވެ.
 - އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
 
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.
 
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
| 
 ތަފުސީލު  | 
 ޕޮއިންޓް  | 
  | 
 70  | 
  | 
 10  | 
  | 
 10  | 
  | 
 10  | 
ހުށަހަޅާ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
 - ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
 - މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
 
18 ރަމަޟާން 1437