ދިވެހިރާއްޖެ
އިޢުލާން
ނެޓްވާރކް އިކްއިޕްމަންޓްސް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްއަށް ނެޓްވާރކް އިކުއިޕްމަންޓްސް ހޯދަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/29 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި މިސަރވިސްއަށް ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޓެކްނިކަލް ސްޕެސިފިކޭޝަންސް މަޢުލޫމާތު:
| 
 ކެޕިޓަލް އައިޓަމްގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް  | 
 ބޭނުންވާ އަދަދު  | 
 ކެޕިޓަލް އައިޓަމްގެ ނަން  | 
 #  | 
| 
 Ports: 24 10/100/1000 BASE-TX ports Type: Manageable Switch Switching capacity: Minimum of 30-Gbps Layer 2: Yes VLAN: VLAN Support Management VLAN: Yes Web user interface: Built-in web UI for easy browser-based configuration (HTTP) Port mirroring: Yes Standards: 802.3 10BASE-T Ethernet 802.3u 100BASE-TX Fast Ethernet 802.3ab 1000BASE-T Gigabit Ethernet  | 
 04  | 
 ނެޓްވާރކް ސްވިޗް (24 ޕޯޓް)  | 
 1  | 
| 
 Unmanaged Gigabit Ethernet Network Switch x 8ports  | 
 06  | 
 ނެޓްވާރކް ސްވިޗް (08 ޕޯޓް)  | 
 02  | 
| 
 Use: Linking MMS main building and Dopler Radar site (Distance between two sites: 1.31 km) Power Method: Passive Power over Ethernet (PoE) (Supported PoE injector to be included ) Mounting: Pole Mount Kit (To be Included) Operating Frequency: 5Ghz Interface : (1) 10/100/1000 Ethernet Data port (1) 10/100 Ethernet Management Port Minimum Throughput: 1+ Gbps Minimum Range: 50+ km Encryption: YES  | 
 02  | 
 ޕޮއިންޓް ޓު ޕޮއިންޓް ވަޔަރލެސް ބުރިޖް  | 
 03  | 
އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- މަތީގައިވާ ގޮތަށް 04 މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، 06 ނެޓްވާރކް ސްވިޗް (08 ޕޯޓް) އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ވަޔަރލެސް ބުރިޖަށް ހުށަހަޅުއްވަންވާނީ އެއް އަންދާސީހިސާބެވެ.
 - އަންދާސީހިސާބު ހުށަހަޅުއްވާ މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، ނެޓްވާރކް ސްވިޗް (08 ޕޯޓް އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް ވަޔަރލެސް ބުރިޖް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ ތަކެއްޗަށެވެ.
 - އަންދާސީހިސާބު ހުށަހަޅުއްވާއިރު މެނޭޖެބަލް ނެޓްވާރކް ސްވިޗް (24 ޕޯޓް)، ނެޓްވާރކް ސްވިޗް (08 ޕޯޓް އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް ވަކި އަގު، އަދި ޖުމްލަ އަގު ހިމަނަންވާނެއެވެ.
 - ހުޅުލޭގައި ހުންނަ މިސަރވިސްއަށް މިތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ އެއްވެސް ޗާޖެއް ނަގާނަމަ، އެކަން އަންދާސީހިސާބުގައި އެނގެން އޮންނަންވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ، ޖުމްލަ އަގު ކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
 - އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
 - ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 - ނެޓްވާރކް ސްވިޗް (24 ޕޯޓް) އަދި 2 އައުޓްޑޯ ޕޮއިންޓް ޓު ޕޮއިންޓް ބުރިޖަށް މަދުވެގެން 1 އަހަރުދުވަހުގެ ވޮރެންޓީއެއް ދޭންވާނެއެވެ.
 - ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
 - މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
 - އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
 
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން މޫސާ ސަޢީދު 9178798 އާ ގުޅުއްވުން އެދެމެވެ.
 
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
| 
 ތަފުސީލު  | 
 ޕޮއިންޓް  | 
  | 
 70  | 
  | 
 20  | 
  | 
 10  | 
ހުށަހަޅާ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
 - ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
 - އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
 - މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
 
18 ރަމަޟާން 1437