|
މަޤާމު: އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ގްރޭޑް 3
|
|
މުސާރައާއި އެލަވަންސް:
|
މަހަކު -/8000 ރުފިޔާ
|
|
މަޤާމުގެ ރޭންކް
|
TP 9
|
ބޭނުންވާ އަދަދު
|
01
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އިންޖިނިއަރިންގ / އައިޓީ
|
|
މަޤާމުގެ ޝަރުޠު:
|
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ނެޓްވާރކް އެޅުމާއި، ނެޓްވާރކް ސެކިއުރިޓީ ބެލެހެއްޓުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- އައި.ސީ.ޓީ ސިސްޓަމްސް އާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމާއި އެތަކެތި މެއިންޓެއިން ކުރުން.
- ބިއުރޯތަކަށާއި މީޑިއާ ސެންޓަރުތަކަށް އައި.ސީ.ޓީ ސަޕޯޓް ދިނުން.
- ސިސްޓަމްސްތަކާއި، ނެޓްވާރކްގެ ސެކިއުރިޓީ އަދި ވައިރަސް އެކްޓިވިޓީ ކޮންޓްރޯލް ކުރުން.
- އެސް.އެމް.އެސް ކީވާރޑް ހަދައިދިނުމާއި، އެ ޕޯޓަލް ބެލެހެއްޓުން.
- އެކްސެސް ކޮންޓްރޯލް ސިސްޓަމްސް، އެޓެންޑެންސް ސިސްޓަމް ބެލެހެއްޓުމާއި، ކާޑު އިޝޫކުރުން.
- ޕީ.އޭ.ބީ.އެކްސް، އަދި މިނޫންވެސް ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުއާޞަލާތީ ޚިދުމަތް ދިނުން.
- އައި.ސީ.ޓީ ނެޓްވާރކް ޑައިގްރާމް، އިންވެންޓްރީ ފަދަ ތަކެތި ބެލެހެއްޓުން.
- އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ބަލައި، ސްޓެޓިސްޓިކްސް ނެގުން.
- އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރަށް ޑައުންޓައިމް އެއް އަޔަނުދީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- އައި.ސީ.ޓީ ޕޮލިސީ އެންޑް ޕްރޮސީޖަރއާ އެއްގޮތަށް، މަސައްކަތް ކުރުން.
- އައި.ސީ.ޓީ ސާވަރރޫމުގެ ސެކިއުރިޓީ އާއި، ސާވަރ އެންވަޔަރަންމެންޓް ރަނގަޅަށް ބެލެހެއްޓުން.
- ސާވަރ އަދި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިންކުރުން، އަދި މިފަދަ ތަކެތީގެ ބެކަޕް ނެގުން.
- ޔޫސަރ އެކައުންޓްސް، ޔޫސަރ ރައިޓްސް އަދި މެއިލް އެކައުންޓްސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
|
އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 ޖުލައި 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|