ދިވެހިރާއްޖެ
އިޢުލާން
02 ޖަނަރޭޓަރު ސެޓް ގަތުމާ ގުޅޭ:
މި ކުންފުންޏަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް 02 (ދޭއް) ޖަނަރޭޓަރު ސެޓް ގަންނަން ބޭނުންވެއެވެ. މި ކުންފުނީގެ ނަންބަރު: FNK-K(T)/FNK/IUL/2016/053 (19 މޭ 2016) އިޢުލާނުން 07 ޖަނަރޭޓަރު ސެޓް ގަތުމަށް ހުޅުވާލި ފުރުޞަތާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ ތިރީގައިވާ 02 (ދޭއް) ޖަނަރޭޓަރު ސެޓް ގަތުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
|
Qty |
Capacity |
# |
|
02 |
400kW |
01 |
ބިޑާ ގުޅޭ މަޢުލޫމާތުކަރުދާސް 2016 ޖޫން 19 ން 21 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:30 އިން 13:30 މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] ނުވަތަ [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތުކަރުދާސް މެއިލް ކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 23 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
11 ރަމަޟާން 1437