ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ބާއްވާ ތަނުގެ (ދަރުބާރުގޭގެ) އެންމެހައި ތައްޔާރީތައް ހަމަޖެއްސުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް
މި މަހާސިންތާއަށް ބޭނުންވާ ތަނުގެ ތައްޔާރީތައް ހަމަޖެއްސުމުގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަންޖެހޭގޮތުގެ ތަފުސީލު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރަންސް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު ހުށަހަޅަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
- އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ޖީއެސްޓީއަށް ރަޖިސްޓަރީކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެ ފަރާތެއްގެ ތަޖުރިބާ.
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާގުޅޭ ގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.
- އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ބޭއްވުމަށް ހަމަޖެހިފައިވާ ތަނުގެ ތައްޔާރިތައް ހަމަޖެއްސުމުގެ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2016/83)
ޕްރީ ބިޑް ބައްދަލުވުން
މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
-
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
-
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
-
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv