ދިވެހިރާއްޖެ
އިޢުލާން
މި ކޮމާންޑުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމު:  | 
 އޭ.ވީ.އެސް ޓްރެއިނީ  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް  | 
| 
 މަޤާމުގެ ރޭންކް:  | 
 ސީ.އެސް-2  | 
| 
 މުސާރަ:  | 
 މަހަކު -/5،920 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1،500 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 ކޮއްތު ފައިސާ -/60 ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް) ސްޕެޝިއަލް ޑިއުޓީ އެލަވަންސް (މުސާރައިގެ %35) ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ  | 
| 
 އަދަދު:  | 
 5 (ފަހެއް) ފިރިހެން، 6 (ހަޔެއް) އަންހެން  | 
| 
 ތަޢުލީމާއި ތަޖުރިބާ:  | 
  | 
| 
 އުމުރު:  | 
 18 އަހަރާއި 35 އަހަރާ ދެމެދު.  | 
| 
 އިސްކޮޅު:  | 
 5 ފޫޓު ހަމަވުން.  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯރޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
  | 
| 
 ފޯމު ހުށަހަޅަންވީ ތާރީޚު:  | 
 2016 ޖޫން 13 ވާ ހޯމަަ ދުވަހު މެންދުރުފަހު 00:15 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) އަށެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 އިންޓަވިއު ކުރުމާއި އިމްތިޙާން ކުރުން:  | 
 މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު (ޝޯޓް ލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާ އަށް ބެލުމަށްފަހު)، އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ. އެގޮތުން ތިރީގައި އެވަނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ. 
 މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސާރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. ހޮވޭ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ 19 ޖޫން 2016 އިން 23 ޖޫން 2016 އަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑް ކުއަރޓަރސް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) ގައެވެ. ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވެ ލެއްވުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3013435 ނަންބަރު ފޯނަށް ނުވަތަ 3013437 ނަންބަރު ފޯނަށެވެ.  | 
26 ޝަޢުބާން 1437