ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)442-MS/442/2016/35
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 08 ޖޫން 2016 14:00
ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކުދުމިސްކިތު ޤަބުރުސްތާން ސަރަޙައްދުގައިވާ ނަންބަރު 3، 10، 11، 18، 19، 28، 29، 34، 54، 60  ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އިޢުލާނުކުރީމެވެ. މި ރުއްގަސްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 2016 ޖޫން 08 ވަނަ ދުވަހު 14:00 ގެ ކުރިން ރުއްގަހުގެ ނަންބަރާއެކު ލިއުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި އިޢުލާނުކުރެވޭ މުއްދަތުގައި އެ ރުއްގަސްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާނަމަ، އެ ރުއްގަސްތައް ކައުންސިލުގެ ބެލުމުގެ ދަށަށް ނެގޭނެކަމަށް ނުވަތަ ނައްތާލެވޭނެކަމަށް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ޝަޢުބާން 1437

30 މޭ 2016