މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2016/65
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 14 ޖޫން 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މާލޭގައި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަށް އެންމެ އެކަށީގެންވާ ނިޒާމު ޑިވެލޮޕްކޮށް އޭގެ ކޮންސެޕްޓް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ޚިދުމަތާބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

މާލޭގައި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަށް އެންމެ އެކަށީގެންވާ ނިޒާމު ޑިވެލޮޕްކޮށް އޭގެ ކޮންސެޕްޓް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ޚިދުމަތާ ބެހޭ

މާލޭގައި އުފައްދާ ކުނި އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އޭގެ ކޮންސެޕްޓް ތައްޔާރުކުރުމަށް ވަނީ ބޭނުންވެފައެވެ. މީގެ މައިގަނޑު ބޭނުމަކީ މާލެއަށް އެންމެ އެކަށީގެންވާ ވޭސްޓް ކަލެކްޝަން، ޓްރާންސްޕޯޓް، އިންޓަމީޑިއަރީ ޓްރީޓްމަންޓް ނުވަތަ ޕްރޮސެސިންގް އެންޑް ޓްރާންސްފަރ ނިޒާމަކީ ކޮބައިތޯ ބެލުމެވެ. މިގޮތުން މި ނިޒާމު ފަރުމާކޮށް އޭގެ ކޮންސެޕްޓް ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ކޮންސަލްޓަންސީ ކުންފުނި/ފާރމް) ގެ އެހީތެރިކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ވަނީ ބޭނުންވެއެވެ.

މި ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ކުނި އުފެދޭ މިންވަރާއި ކުނީގެ ބައިތަކުގެ ސަރވޭއެއް ހަދައި، ކުނި މެނޭޖުކުރާ ފެސިލިޓީގެ ކޮންސެޕްޓް ޑިޒައިންތައް ތައްޔާރުކޮށް، ޕްލިމިނަރީ، ޑީޓެއިލް ޑިޒައިންގ އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންސީ ކުންފުނި/ ފާރމުތަކަށް ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ، އަދި ކުންފުނިތަކުން މި މަސައްކަތަށް ހުށަހަޅާ ކޮންސަލްޓަންޓުންގެ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ ބީލަން ފޮތް (ރިކުއެސްޓް ފޯރ ޕްރޮޕޯސަލް) މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން މަތީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެހަށް 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން ފޮނުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، ހަނދުވަރީ ހިނގުން،

މާލެ،  ދިވެހިރާއްޖެ.

އީމެއިލް އެޑްރެސް: [email protected]

"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ 2016 ޖޫން 14 ވާ އަންގާރަ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

26 މޭ 2016