| މަޤާމު | އެސިސްޓެންޓް އެކައުންޓްސް އޮފިސަރ | 
| ބޭނުންވާ އަދަދު | 02 | މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރގްރޭޑް 1 | ރޭންކް: ޖީ.އެސް.3 | 
| މުސާރަ | މަހަކު -/4,465 ރުފިޔާ | 
| ސަރވިސް އެލަވަންސް | މަހަކު -/1,500 ރުފިޔާ | 
| އިނާޔަތްތައް | ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާދެވޭނެއެވެ. | 
| ސެކްޝަން/ޔުނިޓް/ތަން | ރީޖަނަލް އެއަރޕޯޓްސް   | 
| މަޤާމުގެ މަސްއޫލިއްޔަތު | ރީޖަނަލް އެއަރޕޯޓްސްގެ ފައިސާއާބެހޭ މަސައްކަތްތައް ކުރުން. | 
| މަޤާމުގެ ޝަރުތު | 1. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލބިފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން. | 
| ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 1- ރީޖަނަލް އެއަރޕޯޓްތަކުގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން  2- ރީޖަނަލް އެއަރޕޯޓްސްއިން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ވައުޗަރ ހެދުމާއި، ގަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 3- ރީޖަނަލް އެއަރޕޯޓްސްގެ ބަޖެޓް އެކައުންޓްގެ ހިސާބުތައް ބެލެހެއްޓުން އަދި ޖަމާކުރަންޖެހޭ ފައިސާގެ ކަންކަން ބަލަހައްޓައި ރިޕޯޓް ހެދުން. 4- ބިލް ރަޖިސްޓަރީ އަދި ވައުޗަރ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ފައިސާ ދައްކަންޖެހޭ ބިލާއި، ލިޔުން ޗެކްކޮށް އެ ބިލްތަކަށް ފައިސާ ދެއްކުމަށް ހަދާ ޕޭމަންޓް ވައުޗަރ ޗެކްކުރުން. އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ މަސައްކަތްތައް ކުރުން. 6- ރީޖަނަލް އެއަރޕޯޓްސްގެ ޕެންޝަން ހެދުމާއި، އެއަރޕޯޓްތަކުގެ އެސް.ޓީ.އޯ ސްކީމް ތައްޔާރުކޮށް ގަވާއިދުން ކަނޑައެޅިފައިވާ ތާރީޚުގައި އެ ފައިސާ ހަވާލުކުރުމުގެ މަސައްކަތްކުރުން. 7- ރީޖަނަލް އެއަރޕޯޓްސްގެ ތިޖޫރީގައި ހުންނަ ފައިސާ ބެލެހެއްޓުން.  | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv/downloads/886 އިން ލިބެން ހުންނާނެއެވެ.)ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ). | 
| ސުންގަޑި | 02 ޖޫން 2016 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް. | 
| އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން | މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާ / މާލެ. | 
| އިތުރު މަޢުލޫމާތު | މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ. |