|
މަޤާމުގެ ޝަރުޠު:
|
- އެމް.ކިއު.އޭ ގެ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ގެ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭގެ ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތަކާއި އެއާގުޅޭ ހުރިހާ ސާމާނެއް ބަލައި ޗެކްކޮށް އޭގެ މެއިންޓަނަންސްގެ މަސައްކަތް ކުރުން.
- ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެއާ ގުޅޭ ސާމާނުގެ ވަކި އިންވެންޓްރީއެއް ތައްޔާރުކޮށް އެއަށް އަންނަ ބަދަލުތައް ގެނެސް ގަވާއިދުން ބެލެހެއްޓޭތޯ ބެލުން.
- ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ޓެކްނިކަލް އަދި ހާޑްވެއަރ އާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކޮށް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
- ކިޔަވައިދިނުމާއި އަދި އިދާރީ ބޭނުންތަކަށް ފަހިވާނެހެން ކޮމްޕިއުޓަރުތަކާއި އަދި ކޮމްޕިއުޓަރު ނެޓްވާރކް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
- ކޮމްޕިއުޓަރު ލެބްތައް ކިޔަވައިދިނުމަށާއި އަދި ދަރިވަރުންގެ ބޭނުންތަކަށް އަބަދުވެސް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
- ނެޓްވާރކަށް ދިމާވާ މައްސަލަތައް ބަލައި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވަގުތުން ޙައްލުތައް ހޯދުން.
- ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލަހައްޓައި ފަންނީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ އަދި މިފަދަ ސޮފްޓްވެއަރތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހޯދާ އެ ތަކެތި ފެކަލްޓީގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސެވުން.
- ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ދެނެގަނެ އެފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
- ފަންނީ މުވައްޒަފުންނާއި އަދި އިދާރީ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތް ކުރުން.
- މިނޫންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.
http://mnu.edu.mv/images/downloads/Job%20Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- މި އިއުލާނާ ގުޅިގެން ކުރިން ކުރެވުނު ނަންބަރު MNU-HR/2016/129 އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.
|