މަސައްކަތް
ނަންބަރު: (IUL)101-EP/1/2016/65
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 26 މޭ 2016 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޅ. ނައިފަރު ބިޒްނަސް ސެންޓަރުގެ އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީން ކުރި ނަންބަރު: (IUL)101- AF/1/2016/77 (26 އޭޕްރިލް 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ޅ. ނައިފަރު ބިޒްނަސް ސެންޓަރުގެ އޮފީހުގެ އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާ ބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

  1. އޮފީހުގެ އެޑްރެސް:       ފާދިއްޕޮޅު އަތޮޅުގެ / ޅ. ނައިފަރު
  2. މަސައްކަތްކުރަންޖެހޭ ގަޑިތައް: ހެނދުނު 08:00 ން މެންދުރު 12:00 (މަޝްވަރާކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާގޮތަށް ގަޑިތައް ބަދަލުކުރެވިދާނެ)
  3. މަސައްކަތުގެ މުއްދަތު: 31 ޑިސެމްބަރ 2016 ގެ ނިޔަލަށް
  4. ކުރަންޖެހޭ މަސައްކަތް:

- އޮފީސް ހުޅުވާ ގަޑިއަށް އައިސް އޮފީހުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުން

- އޮފީހުގެ ފާޚާނަ ސާފުކުރުން

- ހަފުތާއަކު ތިން ދުވަހު އޮފީހުގެ އެތެރޭގައި މޮޕްލުން

- ކުނި ވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން

- ހަފުތާއަކު އެއްފަހަރު ބިއްލޫރިތައް ފޮހެ ސާފުކުރުން

- މަހަކު އެއްފަހަރު ފަންކާ ފޮހެ، ފާރުތައް ފޮޅައި ސާފުކުރުން

އަގު ހުށަހެޅުން.

1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭ އަގެވެ.

މާރކްސް ދެވޭގޮތުގެ ތަފުސީލު:

  1. ބިޑް އިވެލުއޭޓް ކުރާނީ މި މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑަށް މާރކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސް

މާކްސްދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކެކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • ވަޒީފާއަށް މީހުން ހޮވުމުގައި މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިބަޔަށް މާކްސް ދެވޭނީ ތަޖުރިބާގެ ގޮތުން މިކަހަލަ މަސައްކަތްތައް ކޮށްފައިވާކަމުގެ ލިޔުންތަކަށެވެ.

ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 2016 މޭ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބުތައް ހުށަހަޅަންވާނީ މިނިސްޓްރީން އަންދާސީހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ފޯމާއެކުއެވެ. މިގޮތުން ފޯމު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޅ. ނައިފަރު ބިޒްނަސް ސެންޓަރ

ޅ. ނައިފަރު، ދިވެހިރާއްޖެ

އަންދާސީހިސާބު ހުށަހަޅާފޯމު ޅ.ނައިފަރު ބިޒްނަސް ސެންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620351 އަށް ގުޅުއްވުން އެދެމެވެ.

‏08‏ ޝަޢުބާން‏ 1437

16 މޭ 2016