މަސައްކަތް
ނަންބަރު: GS-184/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 19 މޭ 2016 11:30
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ދުވާރުއަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުނަހަންދޫ ސުކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރުއަޅައިދޭނެ ފަރާތެއް ހޯދުން:

މި ސުކޫލުގެ ނަންބަރު: GS-184/IUL/2016/16  އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

މި ސުކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ދުވާރެއް އަޅަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑާއި، އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސުކޫލުގެ ނަންބަރު 6800744 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

  4 ޝަޢުބާން 1437

11 މޭ 2016