ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ކ. ގުރައިދޫގެ މަގުތަކުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް މަރާމާތުކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
1- 146 (ސަތޭކަ ސާޅިސްހައެއް) ލެޑްލައިޓް ހޯދުން
2- ބައްތިތަކުގެ ހޮޅިދަނޑިތައް މަރާމާތުކުރުމާއި އިތުރަށް ޖަހަންޖެހޭ ހޮޅިދަނޑިތައް ހެދުން
3- އަނދާފައިހުރި ކޭބަލުތައް ބަދަލުކުރުމާއި، އަލަށް ޖަހާ ބައްތިތަކަށް ކޭބަލުއެޅުން
4- ލައިޓުތައް ބަދަލުކުރުން
ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ. ގުރައިދޫ ކައުންސިލް އިދާރާ  | 
 12 މޭ 2016  | 
 ބުރާސްފަތި  | 
 11:00  | 
| 
 އަންދާސީހިސާބު ހުށައެޅުން  | 
 ކ. ގުރައިދޫ ކައުންސިލް އިދާރާ  | 
 17 މޭ 2016  | 
 އަންގާރަ  | 
 11:00  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.