ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް 15 ލެޕްޓޮޕް ހޯދުން
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް 15 ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (ILU)231-AH/231/2016/18 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި، އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތުތައް ރަނގަޅަށް ސާފުނުވާތީ، އެ އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބާޠިލުކޮށް، 15 ލެޕްޓޮޕް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ބިޑް ޑޮކިއުމަންޓްސް ވިއްކުން 28 އެޕްރީލް 2016 ( ބުރާސްފަތި) ދުވަހުން ފެށިގެން 05 މޭ 2016 (ބުރާސްފަތި) އަށް ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި | 
| ޕްރީބިޑް މީޓިންގ 05 މޭ 2016 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި | 
| ބިޑް އޯޕަން މީޓިންގ 11 މޭ 2016 ( ބުދަ ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި. | 
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.
ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.