ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ސީނިއަރ އޮފިސަރ
ޑިޕާޓްމަންޓް: މެޑިކަލް
މަތީގައި ދަންނަވާފައިވާ މަޤާމަކީ މި ކުންފުނިން ކުރަމުންދާ އާސަންދަ ސްކީމް އަދި ޞިއްޙީ ދާއިރާއާގުޅޭ ވަޒީފާގެ ފުރުޞަތެކެވެ.
ތަޢުލީމާ ތަޖުރިބާ:
- ޑިޕްލޮމާ ނުވަތަ ޑިގްރީ އިން ނާރސިންގ އަދި މިޑްވައިފަރީ / ނުވަތަ ޞިއްޙީ ދާއިރާއަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން.
- ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މައިކްރޮސޮފްޓް އޮފިސް އެކްސެލް އަދި ވޯރޑް ބޭނުންކުރަން އެނގުން.
- މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ މަސައްކަތްތައް ގެންދަންޖެހޭ ގޮތުގެ ޕްލޭން އެކުލަވައިލައި ތަރައްޤީކުރުމުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވައި ހިންގުން
- ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރިސާޗް ހެދުން
މުސާރައާއި ޢިނާޔަތް : ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 08 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން |
މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލް ކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ބަލައެއްނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.