ވަޒީފާގެ ފުރުޞަތު
ނަންބަރު: 395-C(A)/2016/032
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 12 މޭ 2016 13:30
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

                                                                                                                                                                                                                

ވަޒީފާގެ ފުރުޞަތު:  

މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އައިޑީ ކާޑު ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި،  އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

2- އެއްގަމު އުޅަނދުގެ ލައިސަންސް ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި، އެކަމާ ގުޅުންހުރި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

3- މަސްވެރިކަމުގެ ލައިސަންސާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

4- ދަނޑިވެރިކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

5- ރަށުގެ އާސާރީ ތަންތަނުގެ ދަފުތަރު ބަލަހައްޓައި، އިދާރާއިން އަންގާގޮތެއްގެ މަތިން އެ މަސައްކަތް ކުރުން.

6- ކަރަންޓާއި، ލޯނާއި، ސަބްސިޑީއާއި، މިކަމާ ގުޅުންހުރި އެންމެހައި ކަންކަން، އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން.

7- އިދާރާގެ ސެކިއުރިޓީކުރާގޮތް ސުޕަވައިޒުކޮށް ބެލެހެއްޓުން.

8- ކައުންސިލް އިދާރާގެ ކައުންޓަރުގައި މަސައްކަތްކުރުން.

9- ކައުންސިލް ބިއުރޯގައި މަސައްކަތް ކުރުން.

10- ރަށުގެ ބިމާބެހޭ އެންމެހައި މަސައްކަތް ކުރުން.

11- އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން.

12- ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުން.

13- ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަށްވެހިނުވެ ދިރިއުޅޭމީހުންގެ ތަފާސްހިސާބު ބެލެހެއްޓުން.

14- ބިދޭސީންގެ ދަފުތަރު ލިޔެބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަންކުރުން.

15- އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓް ހަދައިދިނުން.

16- 65 އަހަރުން މަތީގެ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން.

17- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ރަޖިސްޓރީ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން. 

18- ފާހަގަކުރާ ރަސްމީ ދުވަސްތަކާއި މުނާސަބަތުތައް އިދާރާއިން އަންގާ ގޮތެއްގެ މަތިން އިންތިޒާމުކުރުން.

19- ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓުރީ ސިސްޓަމުގައި ރަޖިސްޓްރީކުރުމާއި، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

20- އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، އިދާރާއިން ބޭރަށް ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެ ބޭނުންވާ ސެކްޝަން/ޔުނިޓަކަށް ހޯދައި ފޮޓޯކޮޕީ ނަގައި ހަވާލުކުރުން.

21- އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ރަނގަޅު މަޢުލޫމާތު ފޯރުވައިދެވޭނެ ފަރާތަކަށް ފޯނުކޯލްތައް ޕާސްކުރުން.

22- ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި ގަވައިދުން ބެލެހެއްޓުން.

23-  ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި ފެކުސް/މެއިލްކުރަންޖެހޭ ލިޔެކިޔުންތައް ގަވައިދުން ފެކުސް/މެއިލްކުރުމާއި، ބައެއްކަހަލަ ލިޔުކިޔުންތައް ފޯމެޓްކުރުން.

24- ކައުންސިލްގެ އިދާރގެ މުވައްޒަފުންނާއި، މިސްކިތު މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީއާއި ސަލާމް ރެކޯޑާއި، އިދާރީ ބައިގެ އެންމެހައި ލިޔެކިޔުންތައް ގަވައިދުން ބެލެހެއްޓުން.

25- ކައުންސިލް ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ހަވާލުކުރުމާއި، ބައްދަލުވުންތައް އިންތިޒާމްކުރުން.

26- ކައުންސިލް ބައްދަލުވުންތަކުގެ ނިންމުންތަކާއި، ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެފައި މެންބަރުންނަށް ފޮނުވުމާއި، ފާސްކުރެވޭ ޔައުމިއްޔާތައް ފައިލްކޮށް ބެލެހެއްޓުން.

27-  ކައުންސިލްގެ އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކުރުން.

28- ރަށަށް ވަޑައިގަންނަވާ ވަފްދުތަކާއި އެކިއެކި ބޭފުޅުން ކައުންސިލާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

29- ކައުންސިލް ފަރާތުން ރައްޔިތުންނާއި ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

30- އިދާރީ ސެކްޝަނުން ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

31- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ލިޔުމުގެ ފޮޓޯކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރަން ފަށާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި އެޕްލިކޭޝަން ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800709 ނަންބަރު ފޯނާއެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016