| މަޤާމުގެ ނަން: | 
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމް އޮތް އޮފީސް: | 
ހިރިޔާ ސްކޫލް | 
| ބޭނުންވާ އަދަދު: | 
1 (އެކެއް) | 
| މުސާރަ:  | 
މަހަކު -/6،295 ރުފިޔާ | 
| ސަރވިސް އެލަވަންސް: | 
މަހަކު -/2،000 ރުފިޔާ | 
| މަޤާމުގެ ގިންތި: | 
ދާއިމީ | 
| މަޤާމުގެ ރޭންކް: | 
އެމް. އެސް. 2 | 
| މަޤާމުގެ ކްލެސިފިކޭޝަން: | 
ސީނިއަރ އޮފިސަރ ގްރޭޑް 2           | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | 
 ހިރިޔާ ސްކޫލް / ކ. މާލެ         
  
 | 
| ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: | 
 ބަޖެޓް 
 | 
މަޤާމުގެ ޝަރުޠު:  
  | 
 1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
2. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
3. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 
4. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 
 | 
| 
 އެހެނިހެން ޢިނާޔަތްތައް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: 
 | 
- ކަނޑައެޅިފައިވާ ހަފްތާއެއްގައި އޮފީސް ތަޅުދަނޑިގެނެސް އޮފީސް ހުޅުވުމާއި، އޮފީސް ނިމުމުން އޮފީސް ބަންދުކޮށް ތަޅުދަނޑިއެޅުވުން.
 
- ރިސެޕްޝަނުގައި ޑިއުޓީކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީކުރުން.
 
- ޕަރޗޭސް އޯޑަރ ފޮނުވައިގެން ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފައިސާ ދެއްކުމަށްޓަކައި ޕޯސްޓްކުރާ ބިލްތަކުގެ ސްޓޭޓަސް މަދުވެގެން ހަފްތާއަކު 1 ފަހަރު ބެލުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
 
- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމާއި، ބަޖެޓް ކޮންޓްރޯލް ހެދުމާއި، މިކަމާ ގުޅޭ އެންމެހައި ކަންކަން އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ކުރުން.
 
- ސްކޫލުގެ މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގެ ކަންކަން އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ހިންގުން.
 
- ސްކޫލުގެ ކުނި އުކާލުމުގެ ކަންކަމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމާއި، ކެންޓީނުގެ ޚިދުމަތް ދިނުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި، އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އެޅުން.
 
- އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތްކުރުމަށްޓަކައި ކުރަންޖެހޭ އިޢުލާން، ޕްރިންސިޕަލްގެ ލަފާފުޅުގެމަތިން ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުދީ އަންގައި، އެ މަސައްކަތް ހަވާލުކޮށް، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުން.
 
- ބިޑް އުޞޫލުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ރާވައި ހިންގުމާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބިޑަށް ހުޅުވައިލުމާއި، ބިޑް ބަލައިގަތުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.
 
- ޚަރަދު ރިޕޯޓާއި ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި، ހަވާލުކޮށްފައިވާ މަސައްކާތާ ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުން.
 
- އަހަރު ނިމުމުން، އޮފީހުގެ ރަސްމީ ފައިލްތަކާއި ފޮތްތައް ހުންނަ ކަބަޑުތައް ސާފުކުރުވައި، ގިނަދުވަސްވީ ފޮތްތަކާ ފައިލްތައް ގުދަނަށްލުން.
 
- ކޮންމެ މަހެއް ނިމުމުން، ހަމަޖެހިފައިވާ އުސޫލުން އެ މަހެއްގެ ބަޖެޓް ރިޕޯޓް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި، ސްކޫލުގެ އިސްވެރިޔާއަށް ފޮނުވުން.
 
- ކޮންމެ އަހަރަކުވެސް، ޖެހިގެން އަންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް، ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތީން، މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- ބޭނުންވެއްޖެ ހިނދެއްގައި ސްކޫލުގެ ތިޖޫރީ ބެލެހެއްޓުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: 
 | 
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
 
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
 
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.
 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  
 | 
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| 
 ސުންގަޑި: 
 | 
 މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މޭ 9 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ. 
 | 
| އިންޓަވިއު: | 
 - މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ހިރިޔާ ސްކޫލުގައެވެ. 
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ. 
 | 
| އިތުރު މަޢުލޫމާތު: | 
 އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ގުޅުން އެދެމެވެ. 
 | 
| 
 17 ރަޖަބު 1437 
 |